twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިރަށަށް ނުކޮށްދޭ އެއްވެސް ކަމެއް، ހެޔޮނުވާނެ މިތަނަށް ނާދޭ!

އަބްދުލް ވާހިދު ޙަސަން
Aug 7, 2023
3

"ހެޔޮނުވާނެ މިތަނަށް ނާދޭ. އަހަރެމެން ނުބައި މީސްކުރަން މިތަނަށް ނާދޭ. މިތާކު ނެތް އެއްވެސް ކަމެއް. މިތާކަށް ނުކޮށްދޭ އެއްވެސް ކަމެއް." ފޮރިން މިނިސްޓަރު ޝާހިދު ހދ ނޮޅިވަރަމަށް ވަޑައިގަތުމުން ޒުވާނަކު ޝަކުވާތައް ބަންޑުންކޮށްލި އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މިމަހު ހދ އަށް ވަޑައިގަންނަވާތީ އެކަމުގެ ތައްޔާރީތައް ބެލުމަށް ބޮޑުތިލަދުންމަތީގެ ކޯޑިނޭޓަރުގެ ހައިސިއްޔަތު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވަނީ މިއަދު ނޮޅިވަރަމަށް ވަޑައިގަންނަވާފަ އެވެ.

އެމަނިކުފާނު ނޮޅިވަރަމަށް ވަޑައިގަތް އެރަށުގެ ބަނދަރު ސަރަހައްދުގައި ތިބި ބަޔަކު ކައިރިއަށް ސަލާމްކުރައްވަން ވަޑައިގަތުމުން އެތަނުގައި ތިބި ބަޔަކު ވަނީ ސަރުކާރުން އެރަށަށް އިހުމާލުވެފައިވާކަމަށް ބުނެ ޝަކުވާތައް ބަންޑުންކޮށްލާފަ އެވެ.

ނޮޅިވަރަމަށް ޝާހިދު ވަޑައިގެންނެވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާ އާއި ބާރަށު ދާއިރާގެ މެމްބަތު އަހުމަދު އަބުދުﷲ ގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރުން މުހައްމަދު ރާއީ އާއެކުގަ އެވެ.

އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކު ގޮވަމުންދިޔައީ 3000 އެއްހާ މީހުންގެ އާބާދީއަކަށްވާއިރު އެރަށަށް ސަރުކާރުން ބޮޑުތަތަނުން އިހުމާލުވެފައިވާކަމަށެވެ. އަހަރަމެން ނުބައި މީސްކޮށް ރުޅިއަރުވަން އެރަށަށް ނުދިޔުމަށް ތަކުރާރުކޮށް އޭނާ ގޮވި އެވެ.

އެރަށަށް ވުރެ ކުދި އާބާދީތަކަށް ސަރުކާރުން ކަންކަން ކޮށްދޭއިރު އެރަށުގައި ފުޓްބޯޅަ ކުޅެލާނެ ދަނޑެއްވެސް ނެތްކަމަށް އޭނާ ބުންޏެވެ. ރައީސް ސޯލިހް އެރަށަށް ވަޑައިގެން ބަނދަރުގެ މައްސަލަ ހައްލުކޮށްދޭނެކަމަށް ވިދާޅުވިނަމަވެސް މިހާތަނަށް އައިރު އެކަމެއްވެސް ނުކޮށްދޭ ކަމަށް ބުނެ އެވެ.

ހަނިމާދޫ އާއި މުރައިދޫއަށް ކަންތައްތައް ކޮށްދީފައިވާކަމަށާއި އެރަށްރަށަށް ދިޔުމަށް އެ މީހުން ގޮވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355