twitterviber whatsapp telegramfacebookyoutube instagram
14th October 2025

ޤާސިމް ހދ ގައި، ކުޅުދުއްފުށީ ޖަލްސާ މިރޭ

އަބްދުލް ވާހިދު ޙަސަން
Aug 18, 2023

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް ރިޔާސީ ކެމްޕޭނަށް ހދ އަތޮޅަށް ވަޑައިގަންވައިފި އެވެ. ހދ އަށް ޤާސިމް ވަޑައިގެންނެވީ ކުޅުދުއްފުށީ މަގުންނެވެ.

މިއަދު ހެނދުނު ގާސިމަށް ކުޅުދުއްފުށީ އެއާޕޯޓުން ވަނީ މަރުހަބާ ދަންނަވާފަ އެވެ. މި ދަތުރުފުޅުގައި ހދ ގެ އެކި ރަށްތަކަށް ވަޑައިގަންނަވާނެ

މި ދަތުރުގައި ޤާސިމްގެ އަރިހުގައި ރަނިންމޭޓް، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ޤާސިމްގެ އިންތިހާބީ އެޖެންޓް ކުރީގެ މިނިސްޓަރު އަލީ ވަހީދު އަދި ހަނިމާދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ ހިމެނިވަޑައިގަންނަވައެވެ.

ޤާސިމް އިބުރާހިމް ބައިވެރިވެވަޑައިގަންވާ ޖަލްސާއެއް މިރޭ 20:30 ގައި އެ ޕާޓީގެ ޖަގަހާގައި އޮންނާނެ ކަމަށެވެ. އެ ޖަހަގަ ހުންނާނީ މަގާމުމަގުގެ އިރުމަތި ކޮޅުގައި، ހިތިގަސްދޮށުގެ ކުރިމަތީގަ އެވެ.

ޤާސިމްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު، އަދި ހަނިމާދޫއަށް ވަޑައިގަންނަވާނެ އެވެ. ޤާސިމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355