twitterviber whatsapp telegramfacebookyoutube instagram
9th May 2024

އިންތިހާބަށް ކުރިމަތިލީ ގައުމު އަޅުވެތިކަމަށް ދާތީ ލަގޮނޑިއަށް ކެތް ނުވެގެން: ގާސިމް

ނަބީލާ އިސްމާޢީލް
Sep 7, 2023
1

ރިޔާސީ ރޭހަށް ނުކުންނެވީ ގައުމު އަޅުވެތިކަމުގެ ތެރެއަށްދާތީ "ލަގޮނޑިއަށް" ކެތް ނުވެގެން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އިހަވަންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނެވީ ގައުމު އަޅުވެތިކަމުގެ ތެރެއަށްދާތީ "ލަގޮނޑިއަށް" ކެތް ނުވެގެން ކަމަށެވެ. އަދި މި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމާއި ދަ ޑިމޮކްރެޓްސް އަށް ވެސް ވޯޓުލާން ހެޔޮ ނުވާނެ ކަމަށެވެ.

"އެއީ ހަމަ އެކައްޗެއް. ބައްލަވާ. އަހިވަކާ ޖެހި އަހިވަކެއް ފާވާނެ އޭ ބުނާހެން. އިބްރާހިމް މުހައްމަދު ސޯލިހް އެ ހުންނެވީ ރައްޔިތުންގެ މަޖިލިހުގައި ތަޅު އަޅުވައިގެން. ގާނޫނުއަސާސީއާ ހިލާފަށް ކަނޑުގެ އެއްބައި ދޫކޮށްލައިފި. ގާނޫނުއަސާސީއާ ހިލާފަށް ބޭރުގެ ސިފައިން ގެނެސްފި. ދައުލަތުން އިންތިހާ ދަރަޖައިގެ ކޮރަޕްޝަން ފައިބައިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކޮން ތަނަކުން ހޯދާ ފައިސާއެއްތޯ ވޯޓަކަށް 20،000ރ. އަޅާލަނީ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދެވަނަ ދައުރެއް ހޯއްދަވަން ކުރައްވާ ރިޔާސީ ކެމްޕެއިންގައި ރައީސް ސޯލިހު ކޮންމެ ވޯޓަކަށް 20،000ރ. ނޫނީ 30،000ރ. ދޭ ކަމަށެވެ.

ސަރުކާރުން 100 މިލިއަން ރުފިޔާ އިން ހިންގޭ މަޝްރޫއެއް ވެއްޖެ ނަމަ، 300 މިލިއަން ރުފިޔާ ޖަހައިގެން މަސައްކަތްކޮށް ނިންމާފައި ބާކީ ފައިސާ ލަނީ ޖީބަށް ކަމަށާއި ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ އެމްޑީޕީއިން ރިސްވަތު ބަހަމުން ދާކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355