twitterviber whatsapp telegramfacebookyoutube instagram
10th May 2024

މަހުގެ އަގު 26 ރުފިޔާއަށް ބޮޑު ކޮށްދޭނަން: ގާސިމް

ނަބީލާ އިސްމާޢީލް
Sep 6, 2023

ރާއްޖޭގައި މަސް ކިލޯއަކަށް ދޭ އަގު، 26 ރުރިޔާއަށް ހަމަޖައްސާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕޭނަށް ގދ ތިނަދުއަށް އިއްޔެ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި މަސް ކިރުވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ އަގު ކިލޯއަކަށް 25 ރުފިޔާއަށްވުރެ ދަށްވިޔަ ނުދޭނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެ ކަމަށް ދާ ހަރަދު ދެކޮޅު ޖައްސާނީ ރޯ މަހުގެ އެކްސްޕޯޓް ހުއްޓާލައި ތަފާތު ވެލިއު އެޑެޑް ޕްރޮޑަކްޓް އުފައްދާ، ދުނިޔޭގެ ބާޒާރަށް ނެރެ ވިއްކައިގެން ކަމަށެވެ. އަދި، އެއީ އެކަން ކުރެވެން މި ވަގުތު އޮތް ހަމައެކަނި ގޮތް ކަމަށާއި އެ ނޫން ގޮތަކަށް އެ ކަން ކުރާ ނަމަ ޖެހޭނީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދޭން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަސް ބާނާ ހުރިހާ އެންމެން ވެސް މަސް ވިއްކަން އައިސްގެން ކަޅުބިލަ މަހުގެ މަސް ނުވިއްކާނެ 25 ރުފިޔާއަށް ވުރެ ދަށް އަގަކަށް. "އިންފެކްޓް" އަޅުގަނޑުމެން ގަންނާނީ 26 ރުފިޔާއަށް ކިލޯއެއް. އެ ކަން މިއަދަކު އަޅުގަނޑަކަށް ނުކުރެވޭނެ. އެއީ ކީއްވެ. އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސެންޓަރުތަކުން މިހާރު މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ ކިލޯއެއް 17 ރުފިޔާއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355