twitterviber whatsapp telegramfacebookyoutube instagram
5th July 2024

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑެއް ނޫން: ގާސިމް

އަބްދުލް ވާހިދު ޙަސަން
Jul 2, 2024
1

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރުމަށް ނުފެންނަ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީގޮތުގައި މަޖިލިސް މެމްބަރުންގެ އަދަދު ހިފަހައްޓަން ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރުމަށާއި މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިންޝުއަރެންސާއި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މަޖިލިސް މެންބަރުންނަށް ދެ ދައުރު އޮތުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއްނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއާ އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު. އަދި ހަމަ އެހެންމެ މިއަދު މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ ކުރަންވެސް އަަޅުގަނޑަށް ނުފެންނަ ކަމަށް، އަދި އިނާޔަތްތައްވެސް ކުޑަ ކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން." ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުގައި، ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަމަށްވާއިރު، މިހާރު މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް އޮތީ ޔުނިޓަރީ ދައުލަތެއްގައި އޮންނަންޖެހޭ އެންމެ ރަނގަޅު މިންވަރުގައެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސެއް ލިބޭކަމަށް އޮތް ނަމަވެސް އެވަރަށް ނުލިބޭ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައު، 42،500، ލިވިންގ އެލަވަންސްގެ ގޮތުގައި 20،000 އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ހިމެނޭހެން އެކު ޖުމްލަ މަދުވެގެން 82،500 ރުފިޔާގެ މުސާރައެއް ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355