twitterviber whatsapp telegramfacebookyoutube instagram
19th May 2024

އަތޮޅުތެރެއާއި މާލެގެ ފެނާއި ކަރަންޓްގެ އަގު އެއްހަމަކުރާނަން: ގާސިމް

Sep 6, 2023
1

މާލެއާއި ރަށްރަށުގައި ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި ފެނުގެ ކަންކަމުގައި ވެސް ތަފާތުކުރުން އިންތިހާއަށް ގެންގުޅެމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ގދ. ތިނަދުއަށް އިއްޔެ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ ރަށްރަށާއި މާލޭގައި ހުރި ފެނާއި ކަރަންޓު ބިލުގެ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދެއްވާނެ ކަމަށެވެ.

ޖޭޕީގެ ވެރިކަމެއްގައި ވަކި މީހަކަށް ވަކި ގޮތެއް ނޯންނާނެކަމާއި ހުރިހާ އެންމެންނަށް ކަން ކުރާނީ އެއް އުސޫލަކުން ކަން ހާމަ ކުރައްވަމުން ގާސިމް ވިދާޅުވީ ހަމަ އެފަދައިން އަތޮޅުތެރެއާއި މާލެއާ ވެސް ތަފާތު ނުކުރައްވާނެ ކަމަށެވެ.

"ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އޮންނާނީ އެއް އަގެއް. މާލެއާއި ރާއްޖެތެރެއާ އަޅުގަނޑު ތަފާތެއް ނުކުރާނަން. އޭގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް ކަރަންޓާ ފެނުގެ ބިލަށް ޖޫރިމަނާ ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް މައާފުކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވިޔަފާރި ކުރާ ތަންތަނުން ޑަބަލްކޮށް ފެނާއި ކަރަންޓު ބިލްގެ ފައިސާއެއް ނުނެގޭނެއެވެ. އަދި، އެ ކަން ވެސް ކުރެވޭނީ އެއް އަގެއްގައި ކަމަށާއި ހާއްސަކޮށް ސަބްސިޑީގެ ގޮތުގައި ދޭންޖެހޭ އެއްޗެއް ދެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ވެސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355