twitterviber whatsapp telegramfacebookyoutube instagram
28th April 2024

ވާދަވެރިންގެ މެނިފެސްޓޯތަކުގައި ދެކޮޅުޖެހޭ ވާހަކައެއް ނެތް: ރައީސް

Aug 28, 2023

ގައުމެއްގެ ވެރިކަމާ ހަވާލުވާން މަސައްކަތްކުރާ މީހަކުނަމަ ދައްކަންވާނީ ބުއްދި ގަބޫލުކުރެވޭ ދެކޮޅުޖެހޭ ވާހަކަތައްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ތ. ކިނބިދޫގައި އިއްޔެ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިދިކޮޅު ކެންޑިޑޭޓުންނަށް ރައީސް ފާޑު ވިދާޅުވެފައި މިވަނީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ ބަނގުރޫޓްވެ ދައުލަތުގައި ފައިސާ ނެތް ކަމަށް އިދިކޮޅު އިސް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެެވެ.

ސަބަބަކީ ބަނގުރުޓްވާން މިސްރާބުޖަހައިފައިވާ ސަރުކާރެއްނަމަ އެ ކެންޑިޑޭޓުންނަށް ވެސް ސަރުކާރާ ހަވާލުވެ އެ ވައުދުވާ މަޝްރޫއުތައް ހިންގާނެ ފައިސާ ނުހުންނާނެތީކަމަށް ރައީސް ވިދާޅުވިއެވެ.

"އަނެއްކޮޅުން ބަނގުރޫޓްވެފައި އޮތް ސަރުކާރެއްގެ ވާހަކަދައްކަނީ. ފައިސާއެއް ނެތޭ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ވާދަވެރިންގެ އެ ތުހުމަތުތަކާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ ވާދަވެރިން ވެސް ވައުދުވަނީ ދައުލަތަށް ފައިސާ ވަންނާނެކަން އެނގޭތީކަމަށެވެ. ހުދު އެ މަނިކުފާނު ވެސް ވައުދުވެވަޑައިގަންނަވަނީ އެ ކަމުގެ ޕްލޭނާއެކު ދައުލަތަށް އާމްދަނީ ވަންނާނެކަން އެނގިވަަޑައިގެންކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު ކުރިމަތި ލައްވައިގެން އުޅުއްވާ ބޭފުޅުންވެސް ހަމަ ކޮންމެ ރަށަކަށް އަރާ ވައުދުތައް އެބަވޭ. އަނެއްކޮޅުން ބަނގުރޫޓުވެފައި އޮތް ސަރުކާރެއްގެ ވާހަކަ ދައްކަވާ، ފައިސާ އެއް ނެތޭ، 2025 ވަނަ އަހަރު، 2026 ވަނަ އަހަރު ބަނގުރޫޓު ވާނޭ، އެހެން ނަމަވެސް ވައުދުތައް އެބަވޭ. ވައުދު ތަކަކީ ސަރުކާރުން ކުރާނެ ހަރަދު ނޫންތޯ ހަމަގައިމުވެސް ފައިސާ ހުރިކަން އިނގޭތީ ނޫންތޯ، ފައިސާ ލިބޭނެ ކަން އިނގޭތީ ނޫންތޯ އެބޭފުޅުން ވައުދުގެ ވާހަކަ ދައްކަވާނީ. އެހެން ނޫނިއްޔާ އެ ހައްދަވަނީ އިތުރުފުޅެއް،" އެމަނިކުފާނު ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ ދިިވެހި ދަައުލަތަކީ ފުދުންތެރި ދައުލަތެއްކަމަށެވެ.

"ދެކޮޅު ޖެހޭ ވާހަކަ ނޫންތޯ ގައުުމެއްގެ ވެރިއަކަށް އަންނައިރު ދައްކަންޖެހޭނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވާދަވެރިންގެ މެނިފެސްޓޯތަކުގައި ދެކޮޅުޖެހޭ ވާހަކައެއް ނެތްކަމަށެވެ. އަދި އެ ކެންޑިޑޭޓުން ރަށްރަށަށް އަރައި ދައްކަވާ ވާހަކަފުޅުތަކުގައި 'ހަމަ އަރައިި ލިސްޓެއް ކިޔާލަނީ" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާހީ މަސައްކަތުގައި 2003 ވަނަ އަހަރުންް ފެށިގެން ކުރި މަސައްކަތުގައި ކިނބިދޫގެ ރައްޔިތުންގެ ހިއްސާ އޮތްކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ 2008ވަނަ އަހަރު އެކުލަަވައިލެވުނު އެމްޑީޕީގެ ސަރުކާރާއެކު ހެޔޮވެރިކަމެއް ކުރުމުގެ މަސައްކަތް ފެށުނުކަމަށެވެ. ނަމަވެސް ރަނގަޅަށް އެ ކަން ނުކުރެވެނީސް ވެރިކަން ބަދަލުވާން މެދުވެރިވީކަމަށް ރައީސް ވިދާޅުވިއެވެ. އެ ވެރިކަން ބަދަލުވި ދުވަހަކީ ސިޔާސީ ފަރާތްތަކާއި ސިފައިންނާއި ފުލުހުން ވެސް އިބްރަތް ހާސިލްކުރަން ޖެހޭ ދުވަހެއްކަމަށެވެ.

"އެހެންނަމަވެސް މުއްދަތު ހަމަނުވެ 2012ވަނަ އަހަރު ސަރުކާރު ބަދަލުވެގެން ދިޔަ ގޮތް އެއީ އަޅުގަނޑުމެން ކޮންމެ މީހަކަށް ލިބުނު ބޮޑު އިބްރަތެއް ފިލާވަޅެއް. އެއީ ސިޔާސީ އެންމެން ވެސް ހަނދާން ކުރަންޖެހޭނެ ދުވަހެއް، ހުރިހާ ރައްޔިތުން ވެސް،" ރައީސް ވިދާޅުވިއެވެ.

އެ ވެރިކަން ބަދަލުވުމާއެކު އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތިލާން ޖެހުނީ އަނިޔާވެރި ދުވަސްތަކަކާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް ހަ އަހަރު ޖަލުގެ އަނިޔާގައާއި ޕެޕާ ސްޕްރޭގެ ވޭން ތަހައްމަލުކުުރުމުގައި ހޭދަކުރަން މަޖުބޫރިވި ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެ އަނިޔާވެރި ދުވަސްތަކަށް ރައްޔިތުން ނިމުމެއް ގެނައީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުންކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355