twitterviber whatsapp telegramfacebookyoutube instagram
5th October 2026

ރައީސް ނޮޅިވަރަންފަރަށް، އަންނަ ދައުރަށް ގިނަ ވައުދުތަކެއް

އަބްދުލް ވާހިދު ޙަސަން
Sep 3, 2023

ހދ ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެހެން ރަށްރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ހައުންސިންގ ޔުނިޓްތަކުގެ ކުލި ކުޑަކޮށްދިނުން ކަމަށާއި އެކަމާ ދޭތެރޭ ސަރުކާރުން ވިސްނާ، ހެޔޮބަދަލެއް ގެނެސް ދެއްވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޮޅިވަރަންފަރުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްގީގެ ބިންގާ އެޅި، މީހުން ދިރިއުޅެވޭނެ ތަންތަނަށް ރަށްރަށް ބަދަލުކުރެވުނީ އަދި ކިރިޔާ ކަމަށެވެ.

ދެވަނަ ދައުރަކަށް ނޮޅިވަރަންފަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ސްކޫލުގައި މަލްޓިޕާޕާސް ހޯލާއި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅާނެ ކަމަށެވެ.

އަދި ސިއްހީ މަރުކަޒުގައި ދޭ ވަސީލަތްތައް ރަނގަޅުކޮށް ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތް މިހާރަށްވުރެ ފުޅާކުރާނެ ކަމަށާއި ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެހެން ޒުވާނުންގެ މަރުކަޒެއް އަޅައި ޓާފް އަޅައިގެން ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ނޮޅިވަރަންފަރުގެ ބަނދަރަށް ވަދެ ނުކުތުމުގައި އޮތް ދަތިކަން ހައްލުކޮށްދޭނެ ކަމަށާއި ލަސްތަކެއް ނުވެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ނެރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ރަށުގެ ގިރާ ސަރަހައްދު ހިމާޔާތްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293