twitterviber whatsapp telegramfacebookyoutube instagram
28th April 2024

ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން: އިލްޔާސް

ނަބީލާ އިސްމާޢީލް
Sep 3, 2023

އާންމު ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭ ކަމަށް "ދަ ޑިމޮކްރެޓްސް"ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އޭނާ ވެރިކަމަށް އަންނަ މަގުސަދަކީ ރާއްޖޭގެ ފަރުދުންގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، އާންމު ފަރުދުންގެ އާމްދަނީ މި ސަރުކާރަށް އިތުރުކޮށެއް ނުދެވުނެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، އެކަން ކުރެވޭނެ ނިޒާމަކަށް ވެސް އިލްޔާސް އަށް ފެންނަ ކަމަކީ ފަރުދުންގެ އާމްދަނީ އިތުރުކުރުމެވެ. ފަރުދުންގެ އާމްދަނީ އިތުރުކުރުމުން، ގައުމުގެ އިގުތިސޯދު ވެސް ކުރިއަރައި، މަސައްކަތްތެރިކަން އިތުރުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން. ކޮން ރައްޔިތެއްގެ އާމްދަނީ އިތުރުވެގެން ދިޔައީ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރެވޭނެ ކަންކަން ކުރަން،". އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ފަރުދުންގެ އާމްދަނީ އިތުރުވަމުންދާ ތަނެއް ނުފެންނަ ކަމަށާއި އެ އިތުރު ކުރަންޖެހޭ ކަމަށެވެ.

އިލްޔާސް ވިދާޅުވީ އޭނާއަށް ދަރަނިތައް އަދާކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން، ދަރަނިތައް ރީސްޓަރަކްޗާކޮށް ގްރާސް ޕީރިއަޑް އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޓެކްސް ބޭސް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ކަންމަތީ ފިހާރަތަކުންނާއި ކުދި ވިޔަފާރިތަކުން ޓެކްސްއެއް ނުނަގައި، ބޮޑެތި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ދަ ޑިމޮކްރެޓްސްއަށް ވެރިކަން ލިބިއްޖެނަމަ ކެބިނެޓުން ފެށިގެން ސަރުކާރުގެ ހުރިހާ ހިސާބެއްގައި ވެސް، ޒުވާނުންގެ ހިއްސާ އެންމެ މަދުވެގެން 30 އިންސައްތަ ދެއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355