twitterviber whatsapp telegramfacebookyoutube instagram
14th April 2026

ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ނަބީލާ އިސްމާޢީލް
Sep 4, 2023

ހއ ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފަށައިފި އެވެ.

އެރަށުގައި ބަސް މަޑުކުރުމަށް ހާއްސަ 10 ބަސް ހުއްޓިއެއް ހަދާފައިވާއިރު، ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ ދެ ބަހެކެވެ. އެއީ 22 މީހަކަށް އިށީންދެވޭ ގޮތަށް އަދި 10 މީހަކަށް ކޮޅަށް ތިބެވޭނެ ބަސް ތަކެކެވެ.

އެމްޓީސީސީން ބުނީ ދިއްދޫގައި ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލޭ ކަމަށެވެ. އެ މުއްދަތު ހަމަވުމުން އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ގަނެވޭނެ އެވެ. އެޕުން ދިއްދޫގެ ބަސް ޝެޑިއުލް އަދި ރޫޓްތައްވެސް ބަލައިލެވޭނެ އެވެ.

ފުރަތަމަ ހަފުތާއަށް ފަހުގައި ވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ސްކޫލް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355