twitterviber whatsapp telegramfacebookyoutube instagram
9th May 2024

ނަޝީދު ވަރަށް ރަނގަޅަށް ދަންނަން، ދެވަނަ ބުރުގައި އެމްޑީޕީ ކޮޅަށް އަރާނެ: ގާސިމް

ނަބީލާ އިސްމާޢީލް
Sep 6, 2023
2

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު އެމްޑީޕީއަށް ތާއިދު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ގއ ވިލިގިލީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ, މާޒީން އެނގޭ ހަގީގަތަކީ ނަޝީދު ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކޮށްފަ ހުރިކަން ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ވެސް ތާއީދު ކުރާނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދު އެ އުޅޭ ޑިމޮކްރެޓްސް ޖެހިލާނީ ކޮން ކޮޅަކަށްތޯ. ސަތޭކަ އަކުން ސަތޭކަ އެމްޑީޕީ ކޮޅަށް ޖެހޭނީ. އޭނާ އެ ޖަހަނީ ޗައްކަރެއް. ރައީސް ނަޝީދު އެ ޖަހަނީ ބޮޑު ޗައްކަރެއް," ގާސިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ, އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ވިސްނުން އެމަނިކުފާނު ދޫކޮށްނުލާނެ ކަމަށާއި އެކަން ކުރެވެން އޮތީ އެމްޑީޕީއާ އެކު ކަމަށެވެ.

ގާސިމް ވިދާޅުވީ ވިލިގިލީގައި އެއާޕޯޓް އެޅަން ހުރަސް އެޅުއްވީވެސް ނަޝީދު ކަމަށާއި ބަތްކައްކަން ނޭގޭ މީހަކަށް ބަތްކައްކަން ހަވާލުކުރީމާ ވާގޮތް އެނގޭ ކަމަށެވެ.

"އަޅުގަނޑުމެނަށް ވެރިކަމަށް ނެގުނީ އަޅުގަނޑުވެސް ތާއީދުކޮށްގެން އަޅުގަނޑު ހިއެއް ނުކުރަން މިވަރުގެ ބޮޑު މަރުމޯލެއް ކަމަށް," ގާސިމް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355