twitterviber whatsapp telegramfacebookyoutube instagram
9th May 2024

އިންތިހާބު ދެ ވަނަ ބުރަކަށް

Sep 9, 2023

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބު ނުކުރެވި ދެވަނަ ބުރަކަށް ގޮސްފި އެވެ.

ރިޔަސީ އިންތިހާބުގައި މިހާތަނަށް ގިނަ ވޯޓު ގުނިއިރު، އެންމެ ކުރީގައި އުޅެނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ މިހާތަނަށް ގުނި ވޯޓުތަކުގެ 46 ޕަސެންޓަށްވުރެ ގިނައިން ހޯދައިފަ އެވެ. ދެވަނަ އަށް އުޅެނީ ރައީސް ސޯލިހެވެ. ރައީސްއަށް ލިބިފައިވަނީ 39 ޕަސެންޓް ވޯޓެވެ.

ތިން ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް މިހާތަނަށް ހޯދުނީ ހަތް ޕަސެންޓު ވޯޓެވެ.

ބާކީ ތިއްބެވި ފަސް ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަރަށް މަދުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިހާތަނަށް ލިބިވަޑައިގަތީ އެންމެ 2 ޕަސެންޓު ވޯޓެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް 2 ޕަސެންޓު ވޯޓު ހޯއްދެވިއިރު ކެންޑިޑޭޓް ފާރިސް މައުމޫނަށް 1 ޕަސެންޓް ވޯޓެވެ. މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް ލިބުނު ވޯޓު އެންމެ ޕަސެންޓަކަށް ވެސް ނާރަ އެވެ.

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މި ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ ގިނައިން އެއް ކެންޑިޑޭޓަކަށް ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން، މި ސެޕްޓެމްބަރު 30، ގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355