އެތްލެޓިކްސް އެސޯސިއޭޝަން އިން ބާއްވާ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް 1150 އެތްލީޓުންނާއެކު މި މަހު 15 ގައި ކުޅުދުއްފުށީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެތްލެޓިކްސް އެސޯޝިއޭޝަންއިން ބުނީ މި މުބާރާތް މި މަހު 15-20 އަށް ކުޅުދުއްފުށީގައި ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާއިރު 105 އިވެންޓް ބޭއްވުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ. އަދި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ހަރަކާތްތެރިވާނެ ކަމަށެވެ.
އެ އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މި މުބާރާތުގައި ސްކޫލުތަކާއި ކްލަބް ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ.
ބައިވެރިވެފައިވާ 28 ސްކޫލް:
- އައްޑޫ ހައި ސްކޫލް - 3 އެތްލީޓުން
- އަފީފުއްދީން ސްކޫލް - 80 އެތްލީޓުން
- ބާރަށު ސްކޫލް - 11 އެތްލީޓުން
- ދ އަތޮޅު ސްކޫލް - 17 އެތްލީޓުން
- ހއ އަތޮޅު އެޑިއުކޭޝަން ސެންޓަރ - 18 އެތްލީޓުން
- ހއ އަތޮޅު ސްކޫލް - 61 އެތްލީޓުން
- ހދ އަތޮޅު ސްކޫލް - 47 އެތްލީޓުން
- ހަނިމާދޫ ސްކޫލް - 52 އެތްލީޓުން
- ހދ އަތޮޅު އެޑިއުކޭޝަން ސެންޓަރު - 59 އެތްލީޓުން
- ހިމަންދޫ ސްކޫލް - 47 އެތްލީޓުން
- ހިރިމަރަދޫ ސްކޫލް - 13 އެތްލީޓުން
- އިހަވަންދޫ ސްކޫލް - 46 އެތްލީޓުން
- ޖަލާލުއްދީން ސްކޫލް - 73 އެތްލީޓުން
- ކުމުންދޫ ސްކޫލް - 48 އެތްލީޓުން
- މަކުނުދޫ ސްކޫލް - 54 އެތްލީޓުން
- މިލަންދޫ ސްކޫލް - 18 އެތްލީޓުން
- ނައިވާދޫ ސްކޫލް - 41 އެތްލީޓުން
- ނެއްލައިދޫ ސްކޫލް - 38 އެތްލީޓުން
- ނޮޅިވަރަމް ސްކޫލް - 35 އެތްލީޓުން
- ނޮޅިވަރަންފަރު ސްކޫލް - 54 އެތްލީޓުން
- ރަސްމާދޫ ސްކޫލް - 23 އެތްލީޓުން
- ށ އަތޮޅު އެޑިއުކޭޝަން ސެންޓަރ - 28 އެތްލީޓުން
- ށ އަތޮޅު ސްކޫލް - 28 އެތްލީޓުން
- ށ ފޭދޫ ސްކޫލް - 25 އެތްލީޓުން
- ޝަރަފުއްދީން ސްކޫލް - 7 އެތްލީޓުން
- ޝެއިހު އިބްރާހިމް ސްކޫލް - 63 އެތްލީޓުން
- އުކުޅަހު ސްކޫލް - 8 އެތްލީޓުން
- ވަށަފަރު ސްކޫލް - 14 އެތްލީޓުން
މުބާރާތުގައި ބައިވެރިވެފައިވާ 7 ކުލަބް ޖަމިއްޔާ
- ކްލަބް ކާމް ސްޕްޓްސް - 10 އެތްލީޓުން
- ކުލަބް މުގޫ ސްޕޯޓްސް - 8 އެތްލީޓުން
- ކްލަބް ރާވެރިޔާ - 18 އެތްލީޓުން
- ކޭވައި ސްޕޯޓްސް އެކަޑެމީ - 24 އެތްލީޓުން
- ނަސީރު ސްޕޯޓްސް ކްލަބް - 24 އެތްލީޓުން
- ޝަރީފް ސްޕޯޓްސް - 19 އެތްލީޓުން
- ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަން - 37 އެތްލީޓުން
ސިޓީ ކައުންސިލުން މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނައިރު މިކަމަށް ބޮޑު ހަރަދެއްކުރަން ވަނީ ނިންމާފަ އެވެ. މިފަދަ ބޮޑު އެތްލެޓިކްސް މުބާރާތެއް ކުޅުދުއްފުށީގައި މި ބާއްވަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ.