twitterviber whatsapp telegramfacebookyoutube instagram
14th June 2026

ވިއްސާރައާ ގުޅިގެން މަކިޓާ ޖޫނިއާ އެތްލެޓިކްސް މީޓްގެ ފެށުމުގެ ރަސްމިއްޔާތު ފަސްކޮށްފި

ނަބީލާ އިސްމާޢީލް
Oct 14, 2023

މިރޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ފެށުމުގެ ރަސްމިއްޔާތު ވިއްސާރަވުމާ ގުޅިގެން ފަސްކޮށްފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި ރަސްމިއްޔާތު ފަސްކޮށްފައިވަނީ މާދަމާ ރެއަށެވެ.

އިއްޔެއާއި މިއަދު ކުޅުދުއްފުއްޓަށް މެދުކެނޑުމެއްނެތި އަންނަނީ ބޯކޮށް ވާރެ ވެހެމުންނެވެ.

އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މި މުބާރާތުގައި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ހަރަކާތްތެރިވާނެ އެވެ.

މި މުބާރާތުގައި ވާދަކުރާ ގިނަ އެތުލީޓުން މިހާރުވަނީ ކުޅުދުއްފުއްޓަށް އައިސްފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ފެށުމުގެ ރަސްމިއްޔާތު މާދަމާ ރޭ 20:15 އަށް ފަސްކުރެވުނު ނަމަވެސް ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތުގެ މަތިން މާދަމާގެ 08:00 އިން ފެށިގެން މުބާރާތުގެ އިވެންޓްތައް ކުރިއަށް ދާނެ ކަމަށެވެ.

މި މަހު 15-20 އަށް ކުޅުދުއްފުށީގައި ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތަށް ސިޓީ ކައުންސިލުން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު މި ރަސްމިޔާތުވެސް ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355