twitterviber whatsapp telegramfacebookyoutube instagram
4th May 2024

ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލް ޓޯ ކުރާނެ: ސިޓީ ކައުންސިލް

ނަބީލާ އިސްމާޢީލް
Oct 15, 2023

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ސްޓޭޑިއަމް ސަރަހައްދުގައި ވެހިކަލް ޑަބަލް ޕާކް ނުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

މި ދުވަސްވަރަކީ ކުޅުދުއްފުށީގައި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުރިއަށްދާ ދުވަސްވަރުކަމުން ސްޑޭޑިއަމް ސަރަހައްދުގައި ވަރަށް ގިނަ ވެހިކަލްތައް ޕާކްކޮށްފައި ހުރެ އެވެ.

ސިޓީ ކައުންސިލުން ބުނީ ސްޓޭޑިއަމް ސަރަހައްދުގައި ވެހިކަލް ޑަބަލް ޕާކް ނުކުރުމަށާއި، ކަންމަތީގައި އަދި މަގު މެދުގައި ޕާކް ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ވެހިކަލްތައް ބޭނުން ނުކުރާ ވަގުތުތަކުގައި، އެ ވެހިކަލެއް ރަޖިސްޓަރީ ކުރެވިފައިވާ ގާރާޖަކަށް ލުމަށްވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން ޓޯ ކުރަމުން ގެންދާނެ ކަމަށްވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355