twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބަހަށް ދަތިވާތީ ބައެއް ގެތަކުގައި ހުރި ގަސްތައް ކޮށަން އަންގައިފި

ނަބީލާ އިސްމާޢީލް
Oct 16, 2023
1

ކުޅުދުއްފުށީގައި ބަހުގެ ހިދުމަތަށް ދަތިވާނެހެން ގޯތިތަކުގައި ހަދާފައި ހުރިގަސްތައް ކޮށުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެކައުންސިލުން ބުނީ ސިޓީގައި އަލަށް ފެށުނު އާރުޓީއެލް ބަހުގެ ހިދުމަތް ދޭ ބައެއް މަގުތަކުގެ ގޯތިތަކުގައި ހައްދާފައިވާ ގަސްތަކުގެ ސަބަބުން ބަސް ދުއްވުމަށް ދަތިވަމުންދާތީ ގޯތީގެ އިމުން ބޭރަށް ނިކުމެފައިވާ ގަހުގެ ބައިތައް 20 ފޫޓަށްވުރެ ތިރިނުވާނެހެން ކޮށުމަށް އެ ގޯތިތަކުގެ ވެރިފަރާތްތަކަށް ދަންނަވާ ކަމަށެވެ.

ކައުންސިލުން ގަސް ކޮށުމަށް އެންގި މަގުތަކަކީ:

  • އޯކިޑްމަގު
  • ސަހަރާމަގު
  • މާލިމީހިނގުން
  • ބުރެވިމަގު
  • ފުނަވަލުމަގު
  • ބޯޅަދަނޑުމަގު
  • މަގާންމަގު
  • ޖޫލިއަޓްހިނގުން
  • ބަންޑާރަމަގު
  • އަމީނީމަގު
  • ސަރުދާރުމަގު
  • ނިޔަދުރުގޯޅި
  • ބޮޑުރުއްދޮށުގޯޅި
  • ހިރަފުސްމަގު
  • ނިކަގަސްމަގު

ކުޅުދުއްފުށީގައި އާރުޓީއެލް ސްކޫލް ބަހުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހު އެވެ. ސްކޫލް ބަހުގެ ހިދުމަތް ފެށުމަށްޓަކާ ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ 22 މީހުންގެ ޖާގައިގެ މިނީ 2 ބަހެވެ. ކޮޅަށްވެސް ތިބެވޭ މި ބަސްތަކުގައި ޖުމްލަ 32 މީހުންނަށް ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ ލ. އަތޮޅު، ހއ ދިއްދޫ އަދި ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355