twitterviber whatsapp telegramfacebookyoutube instagram
27th June 2026

ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 17, 2023

ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލުނުވެ، މަގު ހުރަސްކުރި އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 އެހާއިރު އެވެ. މަންޒަރު ދުށް މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، އެކްސިޑެންޓްވީ އަމީނީމަގުން ދެކުނުން އުތުރަށް ދުއްވި ސައިކަލަކާއި އަމީނީމަގު ހުރަސްކުރަން، މަގާންމަގުން ހުޅަނގުން އިރަށް ދުއްވި ސައިކަލެއް ޖެހި ކަމަށެވެ.

އަމީނީމަގުން ދިޔަ ސައިކަލް ދިޔައީ ބާރު ސްޕީޑްގައި ނުގަވައިދުން ފަޅި ކަމަށް މަންޒަރުދުށް މީހުން ކިޔައިދިނެވެ. އަދި އެކްސިޑެންޓްވުމަށްފަހު އެމިހާ މަޑުނުކޮށް ވަނީ ގޮސްފަ އެވެ.

އެކްސިޑެންޓްވި އަނެއް ސައިކަލުގައި ތިބީ މެދު އުމުރެއްގެ ދެ ފިރިހެނުންނެވެ. ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިޔުން ފިޔަވާ މާ ބޮޑު އަނިޔާއެއް އެ ދެ މީހުންނަށްވެފައިވާކަން އެނގިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355