twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބަސް ދުއްވާ ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Oct 18, 2023
2

ކުޅުދުއްފުށީގައި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރޓީއެލް) ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސިޓީގައި އާރޓީއެލް ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެއް ކަމުގައެވެ.

އެގޮތުން ޕާކުކުރުން މަނާ މަގުތަކަކީ:

  • އޯކިޑްމަގު
  • ސަރުދާރުމަގު
  • ސަހަރާމަގު
  • ނިޔަދުރުގޯޅި
  • މާލިމި ހިނގުން
  • ބޮޑުރުއްދޮށުގޯޅި
  • ފުނަވަލުމަގު

ކައުންސިލުން ބުނީ މިމަގުތަކުގެ އިތުރުން ބަސް ދަތުރުކުރާ މަގުތަކުގައިވެސް، ބަސް ދުއްވުމަށް ދަތިވާގޮތަށް ވެހިކަލް ޕާކުކުރުމަކީ މަނާކަމެއްކަމުގައއެވެ. އަދި މި އިއުލާނާއި ހިލާފަށް މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން ޓޯކުރަމުން ގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން ވަނީ ދާދިފަހުން ބަހުގެ ހިދުމަތް ދޭ ބައެއް މަގުތަކުގެ ގޯތިތަކުގައި ހައްދާފައިވާ ގަސްތަކުގެ ސަބަބުން ބަސް ދުއްވުމަށް ދަތިވަމުންދާތީ ގޯތީގެ އިމުން ބޭރަށް ނިކުމެފައިވާ ގަހުގެ ބައިތައް 20 ފޫޓަށްވުރެ ތިރިނުވާނެހެން ކޮށުމަށްވެސް އެ ގޯތިތަކުގެ ވެރިފަރާތްތަކަށް އަންގާފަ އެވެ.

ކުޅުދުއްފުށީގައި އާރުޓީއެލް ސްކޫލް ބަހުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހު އެވެ. ސްކޫލް ބަހުގެ ހިދުމަތް ފެށުމަށްޓަކާ ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ 22 މީހުންގެ ޖާގައިގެ މިނީ 2 ބަހެވެ. ކޮޅަށްވެސް ތިބެވޭ މި ބަސްތަކުގައި ޖުމްލަ 32 މީހުންނަށް ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ ލ. އަތޮޅު، ހއ ދިއްދޫ އަދި ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355