twitterviber whatsapp telegramfacebookyoutube instagram
6th May 2024

ލޯކަލް މާރުކޭޓް ހިންގި އިމާރާތުގައި ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރަނީ

އަބްދުލް ވާހިދު ޙަސަން
Oct 18, 2023
1

ކުޅުދުއްފުށީގައި އެންމެ ފަހުން ހެދި ލޯކަލް މާރުކޭޓް ހިންގި އިމާރާތުގައި ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

2019 ވަނަ އަހަރު ހުޅުވި މި މާރުކޭޓް ތަކެތި ވިއްކުމަށް ވިޔަފާރިތަކުގެ ޝައުގުވެރިކަން ނެތުމުން އެތަނުގެ ހިދުމަތް ހުއްޓުނެވެ. ފަހުން ހިންގީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގަ އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި މާރުކޭޓް ހިންގި އިމާރާތުގެ ބައެއްގައި ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުމަށް ފާސްކުރި އެވެ. ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވަނީ އެތަނުގެ އަނެއް ފަޅީގައި މިއުޒިއަމެއް ތަރައްގީކުރުމަށެވެ.

އެކަމަކު މިއުޒިއަމް ގާއިމުކުރުމަށް ނިންމާފައިވަނީ ދެވަނަ ފިޔަވަހީގަ އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުމަކީ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާ ކަމެއް ކަމަށާއި މާރުކޭޓް ހިންގި އިމާރާތުގައި ލައިބްރަރީ ގާއިމުކުރަނީ ހަރަދުކުޑަކުރުމަށާއި އެ ހިދުމަތް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޕަބްލިކް ލައިބްރަރީއެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްވަމުން މޭޔަރު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ދަށުން ލައިބްރަރީއަށް އައުޓްޑޯ ބައެއް އިތުރުކުރެވި އިމާރާތުގެ އަނެއް ފަޅީގައި މިއުޒިއަމެއް ހެދުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

މި ބަހުސްގައި ތިން މެމްބަރަކު ވާހަކަދެއްކެވި އެވެ. އެއީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި ރިލްވާން މުހައްމަދުގެ އިތުރުން މުހައްމަދު ދާއޫދެވެ.

ތިން މެމްބަރުންވެސްގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ، ރަށެއް ތަރައްގީވާއިރު ޕަބްލިކް ލައިބްރަރީއެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މި ލައިބްރަރީ ގާއިމުކޮށް ނިމޭއިރު ކުދި ބައްދަވުންތަކާއި ގުރޫޕް ސްޓަޑީސް ހެދޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355