twitterviber whatsapp telegramfacebookyoutube instagram
29th July 2026

އެތްލެޓިކްސް ނިމުން ފާހަގަކުރަން ކުޅުދުއްފުށީގައި މިރޭ ހަވާ އަރުވަނީ

އަބްދުލް ވާހިދު ޙަސަން
Oct 20, 2023
3

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ފޯރިގަދަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ޒޯން ސްޓޭޑިއަމްގަ އެވެ. ރަސްމިއްޔާތު ފެށޭނީ މިރޭ 08:15 ގަ އެވެ.

މިމަހު 15 ފެށިގެން ކުރިއަށްދާ މިމުބާރާތުގައި 35 ސްކޫލަކުން 1124 އެތުލީޓުން ވާދަ ކުރެއެވެ. އޭގެތެރޭގައި ހިމެނެނީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.

މި މުބާރާތް ފެށުމުގެ ގޮތުންވެސް ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ.

އަދި އެ ރަސްމިއްޔާތުގައި ވަނީ ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތާއި ތާރީހު ދައްކުވައިދިން ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފަ އެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ކުޅުދުއްފުށީގައި މި މުބާރާތް ބާއްވަނީ ސިޓީ ކައުންސިލުން މުބާރާތް ބޭއްވުމަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށްގެންނެވެ. މިއަހަރު މުބާރާތް ބޭއްވުމަށް ސިޓީ ކައުންސިލުން ބޮޑު ހަރަދެއް ކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355