twitterviber whatsapp telegramfacebookyoutube instagram
7th May 2024

އެންމެ މޮޅު އެތްލީޓުންނަށް އަހުނާ އަދި ނާހިލް

ނަބީލާ އިސްމާޢީލް
Oct 21, 2023

އެސްޓީއޯ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ޓްރެކްއެން ފީލްޑް އެސޯސިއޭޝަންގެ އިބްރާހިމް ނާހިލް ނިޒާރު އަދި އެންމެ މޮޅު އަންހެން އެތްލީޓަކަށް ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު ހާސިލްކޮށްފި އެވެ.

މި މުބާރާތުގެ ޗެމްޕިއަން އަންހެން ޓީމަކީ ޖަލާލުއްދީން ސްކޫލެވެ. ފިރިހެން ޗެމްޕިއަން ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެނެވެ.

މި މަހު 15 ން 20 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގައި ވަނަވަނައަށް ދިޔަ އެތްލީޓުންނަށް ޓްރޮފީއާއި މެޑެލް ހަވާލުކޮށްފައިވަނީ ރޭގައި އޮތް އެ މުރާތުގެ ކުލަގަދަ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފެވެ.

އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތުގައި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވިފައިވާ ނާހިލް ވަނީ 100މ، 200މ ލޯންގް ޖަމްޕް ރަން މެޑެލް ހޯދާފަ އެވެ. އަދި އަންހެން އެތްލީޓް އަހުނާވެސް ވަނީ 100މ، 200މ ލޯންގް ޖަމްޕް ރަން މެޑެލް ހޯދާފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ހޮވިފައިވަނީ:

ޓްރެކްއެން ފީލްޑް އެސޯސިއޭޝަން

މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމަކަށް ހޮވިފައިވަނީ:

ޖަލާލުއްދީން ސްކޫލް

މީގެ އިތުރުން މި މުބާރާތުގައި ހޮވާފައިވާ ވަނަތަކުގެ ތެރޭގައި 13 އަހަރުން ދަށް، 15 އަހަރުން ދަށް 17 އަހަރުން ދަށް 20 އަހަރުން ދަށުގެ އެންމެ މޮޅު ޓީމް އަދި މި ކޮންމެ އުމުރުފުރާއެއްގެ އެންމެ މޮޅު އެތްލޫޓު ހިމެނެ އެވެ. އެގޮތުން ؛

13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމް:

މިލަންދޫ ސްކޫލް

13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމް:

އަފީފުއްދީން ސްކޫލް

15 އަހަރުން ދަށުގެ ފިރިހެން:

އެންމެ މޮޅު އެތްލީޓަކީ އިޒާން ހަސަން ސައީދު (ކްލަބް ކާމް ސްޕޯޓް)

އިޒާންވަނީ 100މ 200މ ރަން މެޑެލް އަދި ލޯންގް ޖަމްޕުން ރިހި މެޑެލް ހޯދާފަ އެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓް:

ޢައިޝަތު ހަމްދާ ސަލާމް (ކްލަބް ރައިވެރިޔާ)

ހަމްދާވަނީ 100މ 200މ ލޯންގު ޖަމްޕުން ރަން މެޑެލް ހޯދާފަ އެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ހޮވިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒް އަދި އެންމެ މޮޅު އަންހެން ޓީމަކީ ކުލަބް ރައިވެރިޔާ އެވެ.

17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓް:

ޒުއިޒް މުހައްމަދު ސުއާދު (ޓްރެކްއެން ފީލްޑް އެސޯސިއޭޝަން)

ޒުއިޒްވަނީ 200މ 400މ ރަން މެޑެލް ހޯދާފަ އެވެ.

17 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓް::

އަހުނާ ނިޒާރު (ޖަލާލުއްދީން ސްކޫލް)

އަހުނާ ވަނީ 100މ، 200މ، ލޯގްޖަމްޕް ރަން މެޑެލް ހޯދާފަ އެވެ.

17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ހޮވިފައިވަނީ ނަސީރު ސްޕޯޓްސް ކުލަބު އަދި އެންމެ މޮޅު އަންހެން ޓީމަކީ ސަރަފުއްދީން ސްކޫލެވެ.

20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކީ:

އިބްރާހިމް ނާހިލް ނިޒާރު (ޓްރެކްއެން ފީލްޑް އެސޯސިއޭޝަން)

ނާހިލް 100މ، 200މ، ލޯންގު ޖަމްޕް ރަންމެޑެލް ހޯދާފަ އެވެ.

20 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓަކީ:

އީމާ އަލީ ސިޔާމް

އީމާ ވަނީ ސޮޓް ޕުޓް، ޑިސްކަސް ތްރޯ، ޖެވެލިން ތުރޯއިން ރަންމެޑެލް ހޯދާފަ އެވެ.

20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އެންމެ މޮޅު އަންހެން ޓީމަކީ ހޮވިފައިވަނީ ޝަރީފް ސްޕޯޓްސް އެވެ.

އެތްލެޓިކްސް އެސޯޝިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބޭއްވި މި މުބާރާތުގައި 04 އުމުރު ފުރާއަކުން 35 ޓީމާއެކު ޖުމްލަ 1150 އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ.

މުބާރަތުގެ އަންހެނުންގެ ބައިން ޗެމްޕިއަންކަން ހޯދި ޖަލާލުއްދީން ސްކޫލުން ހަތް ރެކޯޑެއް ހެދިއެވެ. އޭގެ ތެރެއިން އެއްވަނަ އެތްލީޑްގެ މަގާމް ހޯދި އަހުނާ ނިޒާރު ވަނީ 17 އަހަރުންގެ ދަށުގެ އަންހެނުންގެ ބައިން 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރެކޯޑް ހަދާފައެވެ. 100 މީޓަރު ދުވުމުން އޭނާ ރެކޯޑް ހެދީ 13.36 ސިކުންތުން ނިންމައިގެންނެވެ. 200 މީޓަރު އޭނާ ނިންމީ 27.88 ސިކުންތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355