twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުޅުދުއްފުށީގައި އާ ހިނަވާގެއެއް އަޅަން ވޭވްލެންތާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Oct 26, 2023
2

ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހިނަވާގެއެއްގެ އަޅަން ސިޓީ ކައުންސިލުން، ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެ ކުންފުންޔާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 3,855,492.00 (ތިން މިލިޔަން އަށް ލައްކަ ފަންސާސް ފަސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަށް 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވޭވެލެންތާއި ހަވާލުކޮށްފައިވާ ހިނަވާގެ އެޅުމުގެ މަސަކަތުގައި ހިމެނެނީ 3 ހިނަވާ ކޮޓަރި، 2 ކަފުން ތައްޔާރުކުރާ ކޮޓަރި، 2 ޗޭންޖިންގ ރޫމް، ސްޓާފް ރޫމް، ލޯންޑްރީއެއް، ކޮފިން ސްޓޯރެއް، 4 މީހުންގެ ޖާގައިގެ މޯޗަރީ ޗޭމްބަރެއް، ސެކިއުރިޓީ ހަޓެއްގެ އިތުރުން ހޮސްޕިޓަލާ ގުޅޭ ވޯކްވޭއެއް އަދި ލޮބީ އޭރިއާ އެކެވެ.

ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހިނަވާގެެއް އަޅަން ފުރަތަމަ ކުރީގެ ކައުންސިލުން ނިންމީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު އެވެ. އެހެންނަމަވެސް އެފަހަރު ހިނަވާގެ އިމާރާތްނުކުރެނީ ކޮވިޑާ ހެދި ބަޖެޓް ރިވައިސްކޮށް، ސަރުކާރުން އެކަމަށް ހުއްދަ ނުދިނުމުންނެވެ. އެ ކައުންސިލުން ހިނަވާގެ އެޅުމަށް ނިންމީ މިހާރުވެސް މީހުން ހިނަވަން ބޭނުންކުރަމުންދާ މަސްޖިދުލް އުލާގައި އެވެ.

ސިޓީ ކައުންސިލުން އިންތިހާބުވުމަށްފަހުވެސް އާ ހިނަވާގެ އަޅަން ފާސްކުރި އެވެ. ގިނަ ބަޔަކާ ބައްދަލުކޮށް ހިޔާލު ހޯދުމަށްފަހު ސިޓީ ކައުންސިލުން ނިންމީ ހޮސްޕިޓާ ހުޅަނގަށް އޮންނަ ބިމުގައި ހިނަވާގެ އިމާރާތްކުރަން އެވެ. އޭރުން މައްޔިތާ ސީދާ ހޮސްޕިޓަލުން ތެރެއިން ހިނަވާގެއަށް ގެންދެވޭނެ އެވެ.

ވެރިރަށް މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ވަޅު ލަނީ ކުޅުދުއްފުށީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355