twitterviber whatsapp telegramfacebookyoutube instagram
5th August 2026

ޔޮޓެއްގައި އަލިފާން ރޯވެއްޖެ

Oct 28, 2023

ރިޒްކަލްޓަން ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 7:37 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ޔޮޓުން ވަރަށް ބޮޑަށް ދުން އަރަމުންދާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ރިޕޯޓުކުރިއިރު ޔޮޓުގައި ތިބި ފަތުރުވެރިން ޔޮޓުން ބާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭރު ޔޮޓުގައި ތިބީ ހަތަރު ކްރޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355