twitterviber whatsapp telegramfacebookyoutube instagram
23rd August 2026

މުޖޭ، ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރައްވަނީ

އަބްދުލް ވާހިދު ޙަސަން
Oct 29, 2023
2

ޕީޕީއެމް ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ވާދަކުރައްވަން ނިންމައިފި އެވެ

މުޖޭ މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން މަގު ހެދުމަށް އުފެއްދި ކުންފުނިކަމުގައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ކުޅުދުއްފުށީ ސައިޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމު 7 އަހަރު ފުރުއްވާފަ އެވެ.

މުޖޭ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްވެސް ވަނީ ހާމަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355