twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރަކަށް ބޭފުޅަކު ހަމަޖައްސައިފި

އަބްދުލް ވާހިދު ޙަސަން
Oct 30, 2023

މޯލްޑިވްސް ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ. އެ މަގާމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީ، ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ އައިމިނަތު އަލީ އެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި މެނޭޖަރެއް ހަމަޖައްސާފައިމިވަނީ އެންމެފަހުން އެ މަގާމުގައި ހުންނެވި ޑރ މުހައްމަދު އުމަރު އިސްތިއުފާ ދެއްވުމުންނެވެ. ޑރ މުހައްމަދު އުމަރު މިހާރު ހުންނެވީ އެ ކެމްޕަހުގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރަކަށެވެ.

ވިޔަފާރީގެ ދާއިރާއިން މާސްޓާސް ފުރިހަމަކުރައްވާގައިވާ އައިމިނަތު އަލީ މީގެ ކުރިން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ހިތަދޫ ބިޒްނަސް ސެންޓަރުގެ މެނޭޖަރު ކަމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރުކަމުގެ އިތުރުން އެމްއެންޔޫގެ އެކި މަގާމުތައް އަދާކުރެއްވި އެވެ.

މީގެ އިތުރުން އައިމިނަތު އަލީ އަކީ ސަދަން ކޮމިއުނިޓީ އެންޕަވަޔަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޯ ފައުންޑަރެއްގެ އިތުރުން އެ ޖަމިއްޔާގެ ނައިބު ރައީސްވެސް މެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355