twitterviber whatsapp telegramfacebookyoutube instagram
7th May 2024

އާ ހިނަވާގެ އެޅުމުގެ މަސައްކަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Nov 7, 2023
1

އާ ހިނަވާގެ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހިނަވާގެއެއްގެ އަޅަން ސިޓީ ކައުންސިލުން، ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މި ހުސްވި އޮކްޓޯބަރުމަހުގެ ފަހު ކޮޅު އެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 3.85 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ހޮސްޕިޓާ ފުރަގަހުގައި އޮންނަ ހުސް ސަރަހައްދުގައި ހިނަވާގެ ހަދަން ނިންމާފައިވާ ބިން މިހާރު އޮތީ ވަކިކޮށް، ވަށައިގެން ނެޓްދަމާފަ އެވެ.

އަދި އެތަނުގައި ހުރި ރުއްގަސް ނަގައި ބިންވެސް ވޭވްލެންޗުން މިހާރު ވަނީ ސާފުކޮށް، އަމަލީ މަސައްކަތް ފަށައިފަ އެވެ.

ހިނަވާގެ އެޅުމުގެ މަސައްކަތުގައި ހިމެނެނީ 3 ހިނަވާ ކޮޓަރި، 2 ކަފުން ތައްޔާރުކުރާ ކޮޓަރި، 2 ޗޭންޖިންގ ރޫމް، ސްޓާފް ރޫމް، ލޯންޑްރީއެއް، ކޮފިން ސްޓޯރެއް، 4 މީހުންގެ ޖާގައިގެ މޯޗަރީ ޗޭމްބަރެއް، ސެކިއުރިޓީ ހަޓެއްގެ އިތުރުން ހޮސްޕިޓަލާ ގުޅޭ ވޯކްވޭއެއް އަދި ލޮބީ އޭރިއާ އެކެވެ.

ކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހިނަވާގެެއް އަޅަން ފުރަތަމަ ކުރީގެ ކައުންސިލުން ނިންމީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު އެވެ. އެހެންނަމަވެސް އެފަހަރު ހިނަވާގެ އިމާރާތްނުކުރެނީ ކޮވިޑާ ހެދި ބަޖެޓް ރިވައިސްކޮށް، ސަރުކާރުން އެކަމަށް ހުއްދަ ނުދިނުމުންނެވެ. އެ ކައުންސިލުން ހިނަވާގެ އެޅުމަށް ނިންމީ މިހާރުވެސް މީހުން ހިނަވަން ބޭނުންކުރަމުންދާ މަސްޖިދުލް އުލާގައި އެވެ.

ސިޓީ ކައުންސިލުން އިންތިހާބުވުމަށްފަހުވެސް އާ ހިނަވާގެ އަޅަން ފާސްކުރި އެވެ. ގިނަ ބަޔަކާ ބައްދަލުކޮށް ހިޔާލު ހޯދުމަށްފަހު ސިޓީ ކައުންސިލުން ނިންމީ ހޮސްޕިޓާ ހުޅަނގަށް އޮންނަ ބިމުގައި ހިނަވާގެ އިމާރާތްކުރަން އެވެ. އޭރުން މައްޔިތާ ސީދާ ހޮސްޕިޓަލުން ތެރެއިން ހިނަވާގެއަށް ގެންދެވޭނެ އެވެ.

ވެރިރަށް މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ވަޅު ލަނީ ކުޅުދުއްފުށީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355