twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކުޅުދުއްފުށީ ރައްޔިތު ބައްދަލުވުން މާދަމާ ރޭ

Nov 25, 2023

ކުޅުއްދުއްފުށީ ސިޓީ ކައުންސިލުން މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކައުންސިލުން ބުނެފި އެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

ސިޓީ ކައުންސިލުން ބުނީ، މިއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށް ރޭވިފައިވާ ހަރަކާތްތައް ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އަދި 2024 ވަނަ އަހަރުގެ ވޯކް ޕްލޭން ބައްޓަން ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުންވެސް މި ބައްދަލުވުމުގައި ކުރިއަށްދާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:15 ގައި އެންއޯސީގެ ދެވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ކޮންފަރެންސް ހޯލުގައި ކަމަށާއި ރަށުގެ އެންމެހާ ރައްޔިތުން މި ބައްދަލުވުމަގައި ބައިވެރިވުމަކީ ކައުންސިލުގެ އެދުމެއް ކަމަށެވެ.

ގާނޫނުން ލާޒިމުކޮށްގެން ބާއްވާ މި ބައްދަލުވުންތަކުގެ އިތުރުން ކޮންމެ ހޯމަދުވަހެއްގައިވެސް ކައުންސިލަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނަނީ ސިޓީ ކައުންސިލުން ހުޅުވާލާފަ އެވެ.

މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ކުރިއަށް ހިންގަން ރާވާފައިވާ މަޝްރޫއުތަކާއި މިހާރު ހިންގަމުންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ. އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ސިޓީ ކައުންސިލުން ފާހަގަކުރެވެނީ، ރައްޔިތުންނާއެކު ބާއްވަން ޖެހޭ އާންމު ބައްދަލުވުންތައް ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355