twitterviber whatsapp telegramfacebookyoutube instagram
7th May 2024

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކުން ހާލަތު ދެނެގަތުމަށް ރިވިއު ފޯމު ހުށަހަޅަން އެދިއްޖެ

ނަބީލާ އިސްމާޢީލް
Nov 30, 2023

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން ހާލަތު ދެނެގަތުމަށް ރިވިއު ފޯމު ހުށަހެޅުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ 2021 އަދި 2022 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތުދެނެގަންނަ ފޯމް" 24 ޑިސެމްބަރު، ދުވަހުގެ 12:00 ގެ ކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ވާނެ ކަމަށާއި މި ތާރީހުގެ ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިއަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ފޯމު ފުރަން ޖެހޭނެ ކަމަށެވެ.

  • ދަފްތަރުގެ ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތައް.
  • 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ އާއިލާތައް.

ސިޓީ ކައުންސިލުން ބުނީ ކައުންސިލަށް ފޯމް ބަލައިގަންނާނީ ފޯމު ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ކައުންސިލް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށްހެޅުމުން ކަމަށެވެ.

ފޯމު ދޫކުރުން ކައުންސިލުގެ ކައުންޓަރުންނާއި ވެބްސައިޓުން 22 ޑިސެމްބަރުގެ 08:30 ން 13:00 އަށް ކުރިއަށްދާނެ ކަމަށާއި ފޯމު ބަލައިގަތުން 03 ން 24ޑިސެމްބަރުގެ 12:00 އަށް ސިޓީ ކައުންސިލް ކައުންޓަރުން ކުރިއަށްދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355