twitterviber whatsapp telegramfacebookyoutube instagram
5th October 2026

ކުޅުދުއްފުށީގައި އިމާރާތްކުރާ 400 ހައުންސިންގ ޔުނިޓްގެ މަސައްކަތް ހުއްޓިއްޖެ!

އަބްދުލް ވާހިދު ޙަސަން
Nov 30, 2023
6

ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކުޅުދުއްފުށީގައި އިމާރާތްކުރާ 400 ހައުންސިންގ ޔުނިޓްގެ މަސައްކަތް ހުއްޓިއްޖެ އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި މި ހައުންސިންގ ޔުނިޓްތަކަކީ އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު ހައުންސިންގ މަޝްރޫއު އެވެ. މިއީ

ހައުންސިންގ ޔުނިޓްތަކުގެ މަސައްކަތް ހުއްޓިފައިވާކަމަށް އެންމެފަހުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފްވެސް ވިދާޅުވި އެވެ.

މައުލޫމާތު އެނގޭ މީހަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، ހައުންސިންގ ޔުނިޓްތަކުގެ މަސައްކަތް ހުއްޓުނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ.

މަސައްކަތް ނިންމަމުންދާ ވަރަކަށް މިނިސްޓްރީއަށް ބިލްތައް ހުށަހަޅާއިރު ބިލްތަކަށް ފައިސާ ނުދައްކާކަމަށާއި އެހެންވުމުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދެވިވާކަމަށެވެ.

ޑިޒައިން އެންޑް ބިލް އުސޫލުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

މިކަމާ ގުޅިގެން ދޮންބޭޒް އަދި ހައުސިންގ މިނިސްޓްރީގެ ބަހެއްވެސް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293