twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަންނަ އަހަރު ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން

ނަބީލާ އިސްމާޢީލް
Dec 6, 2023

އަންނަ އަހަރު ކޮންމެ ދުވަހަކުވެސް ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް ވިދާޅުވީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ ވައުދެއް ކަމަށާއި ގައުމީ ސަލާމުން ކިޔެވުން ފަށަން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށް ކަމަށެވެ. އަދި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ތުއްތު ކުދިން ހެދުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސްކޫލް ފަށާނީ ގައުމީ ސަލާން ކިޔައިގެން، ޑިސެމްބަރުގައި ސްކޫލް ބަންދުވުމަށް ފަހު ޖެނުއަރީގައި ސްކޫލް ހުޅުވޭއިރު ސްކޫލްތަކުގައި ސެޝަން ފަށާނީ ގައުމީ ސަލާމުން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން ރައީސް ގެންދަވަނީ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އިސްލާމްދީނާއި ގައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުން އެއީ މިސަރުކާރުގެ "ހަފުތާ 14" ނުވަތަ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާ ކަންކަންމުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ގައުމިއްޔަތު ދިރުވާ އާލާކުރުމަށްޓަކައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ނަމުގައި ހާއްސަ ވުޒާރާއެއް ވެސް ވަނީ އުފައްދަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355