twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އާސަންދައިން އައިވީއެފް ހެދޭގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Dec 6, 2023

އާސަންދަ މެދުވެރިކޮށް އައިވީއެފް ހެދޭ ގޮތް ހަދައި ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމުގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދޭން ވަޒީރުންގެ މަޖިލީސްއިން ނިންމާފަައިވާ ކަމަށެވެ.

މިއީ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދެވެ. އެގޮތުން ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އައިވީއެފްގެ އިތުރުން އައިވީއެފް ދެވޭނެ ގޮތަށް އުސޫލެއް އެކުލަވާލަން ރައީސް ވަނީ ނިންމަވާފައެވެ.

"އެއީ ކުރީގައި އޮންނަ ކަމެއް ނޫން، އެކަން ދިރާސާކޮށް އަޅުގަނޑުމެން މި ނިންމީ އައިވީއެެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމާއި ގުޅޭ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ހަމަޖެއްސުން، އެކަން ހިމެނޭ ގޮތަށް،". ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ފަރުވާތައް ހިމެނޭ ގޮތަށް އާސަންދަ ސްކީމާއި ގުޅޭ ގަވާއިދު އިސްލާހުކޮށް ގެޒެޓް ކުރާނެ ކަމަށެވެ.

އަދި ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލުތަކުންވެސް މި ހިދުމަތް ދެވޭނެ މަގު ހަމަޖައްސާ ދެވިގެން ދާނެ ކަަމަށް ރައީސް ވިދާޅުވިއެެވެ.

ރާއްޖޭގައި އައިވީއެފް އަދި އައިޔޫއައި ހިދުމަތް މިހާރު ފޯރުކޮށްދެނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

"ސަރުކާރު ހޮސްޕިޓަލުތަކުގެ އިތުުރުން، ބޭރުގައި މިކަމަށް އަޅުގަނޑުމެންގެ އާސަންދަ ކަވާ ކުރާނެ ހޮސްޕިޓަލުތައް ކަނޑައެޅިގެން ދާނެ.". ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ފާޓިލިޓީ ކެއާއަށް ހާއްސަކޮށް އައިޖީއެމްއެޗްގައި މިހާރު ހުރި ތަން އެކްސްޕޭންޑްކޮށް އެކަމަށް ހާއްސަ ކުރެވިގެން ހަމަޖެހިގެން ދާނެ ކަމަށާއި، އެކަމަށް ހާއްސަ ފަންޑެއް ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ 30، މިލިއަން ރުފިޔާގެ ފާޓިލިޓީ ކެއާގެ ފަންޑެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މެޑިކަލް ޗެކްއަޕް ހިދުމަތެއްގެ ތެރޭގައި ހިމަނައިގެން އާސަންދައިގެ ތެރެއިން ހިލޭ ހެދޭނެ ގޮތަށް މިއަދު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

"އެއީ މިހާތަނަށް އޮންނަ ކަމެއް ނޫން، އެގޮތަށް ކަނޑައެޅިގެންނެއް، އެހެނެއް ނޫން މިހާރުވެސް ހަމަ އެކަންކަންމުގައި ހުރޭ ޓެސްޓުތައް ހެދުން. އެހެން ނަމަވެސް އެކި ކަހަލަ ޕެކޭޖްތައް މީގެ ތެރޭގައި ކަނޑައަޅާނަން، މީގެ ތެރޭގައި ޑޮކްޓަރުން މިގޮތަށް ލަފާ ދީފިނަމަ އެ ލަފާގެ މައްޗަށް އަހަރަކު ދެ ފަހަރު، އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދޭނެ.". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިކަން ކުރެވޭނީ ސަރުކާރު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ކަމަށެވެ. އަދި އެ ހިދުމަތް ނުދެވޭނެ ނަމަ، އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުންވެސް މިކަން ކުރެވޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެންގެ އެއް ސިޔާސަތު ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރި ކުރުން، އެ ވަރަށް ބޮޑަށް އިސްކަމެއް ދޭން ނިންމާފައި ވަނީ، އަޅުގަނޑުމެން އެވެއާނެސް ޕްރޮގްރާމްތައްވެސް ހިންގާނެ، ޗެކްއަޕް ހެދުމަށް ބާރު އަޅާ.". މި ޓެސްޓުތައް ހިލޭ ހެދިގެން ދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުޅުތަކުގެ ތެރޭގައި ހިމެނޭ ބޭރުގެ އެއް ހޮސްޕިޓަލްތަކުން އެއަށްވުރެ ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުވާއިރު އަމިއްލަ ދައްްކަން ޖެހޭ ފައިސާ އާސަންދަ ތެރޭގައި ހިމެނުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އާސަންދަ ސްކީމްގައި އެމްޕަނަލް ކުރެވިފައިވާ ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްތަކަށް ބަހާލުމަށްފަހު، ބަލި ބޭނުންވާ ހާލަތެއްގައި އެއް ގްރޭޑެއްގައި ހިމެނޭ ހޮސްޕިޓަލު މެދުވެރިކޮށް، ހޮސްޕިޓަލު ބަދަލު ކުރާކަމުގައިވާނަމަ އެ ގްރޭޑް ބަދަލުވެގެންދާ ތަފާތު، އާސަންދަ ސްކީމް ތެރެއިން ހަރަދު ހަމަޖެހިގެން ދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355