twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަތޮޅުތެރޭގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްފި

ނަބީލާ އިސްމާޢީލް
Dec 6, 2023

އަތޮޅުތެރޭގައި ހަދާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ބޮޑު ލުޔެއް ދޭން ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައިފިއެވެ.

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމާއި ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރުން އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދުގެ އެވްރެޖް އަގެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ދެ ލައްކަ ރުފިޔާ އެވެ.

ކެބިނެޓުން އިއްޔެ ނިންމި ކަންކަން އިއުލާން ކުރައްވަން ރައީސް ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާން ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ހައުސިން ޔުނިޓްތައް މިހާރު ދޫކޮށްފައި ހުރީ 5000 ރުފިޔާއަށް ނުވަތަ އެއަށް ވުރެން ބޮޑު އަގުތަކެއްގައި ކަމަށެވެ.

އެ އަގުތައް ކުޑަކުރުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވާތީ މީގެ ފަހުން އަތޮޅުތެރޭގެ ހައުސިން ޔުނިޓްތަކުގެ ކުއްޔަކީ 3333 ރުފިޔާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކި އަގުތަކަށް ބޮޑުކޮށްފައި ހުރި ޔުނިޓްތަކުގެ އަގު 3,330 ރުފިޔާއަށް ކުޑަކުރާ ގޮތަށް, ހަމަ މިހާރު ވެސް އެއޮންނަ މުއްދަތު, 20 އަހަރު ދުވަހުގެ ތެރޭގައި. މާނައަކީ ވަރަށް ބޮޑުތަނުން ޑިސްކައުންޓް ލިބިގެން އެދަނީ. މިހާރު 5,000 އަށް ނުވަތަ 4,500 އަށް ރުފިޔާއަށް ހުރި އަގުތައް ކުޑަވެގެން ދާނީ 3,330 ރުފިޔާއަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ އަގަށް ވުރެން ހެޔޮކޮށް މިހާރު ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި ދައްކަން ޖެހޭނީ މިހާރު ވެސް އެ ދައްކާ ވަރަށް ކަމަށެވެ.

މީގެ އިތުރުން ރައީސް މިއަދު ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ވެސް ކުޑަ ކުރައްވާފައެވެ. ހިޔާ ފްލެޓުތަކުގެ އަގުން ދެ ލައްކައަށްވާ ވަރަށް އަގު ކުޑަކުރުމަށް ފަހު، ދެން ހަތް އަހަރު ވަންދެން މަހަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355