twitterviber whatsapp telegramfacebookyoutube instagram
21st August 2026

ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ދެ ސައިކަލްގައި ޖެހި އެކްސިޑެންޓްވެއްޖެ

ނަބީލާ އިސްމާޢީލް
Dec 17, 2023
3

ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލުނުވެ، ކުޅުދުއްފުށީ އަމީނީ މަގުން ދުއްވާފައި ދިޔަ އެހެން ދެ ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:55 އެހާއިރު އެވެ. މަންޒަރު ދުށް މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، އެކްސިޑެންޓްވީ އަމީނީމަގުން ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މިސްކިތް މަގުން އަމީނީ މަގަށް ނިކުތް ސައިކަލަކުން ނައްޓަން އުޅި އުތުރުން ދެކުނަށް ދުއްވި ދެ ސައިކަލެއް ޖެހި ކަމަށެވެ.

އެކްސިޑެންގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލު ކޮންޓްރޯލްނުވެ 200 ވަރަކަށް ފޫޓް ދުރަށް ގޮސްފައިވާކަމަށްވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ 6:57 ގައި ފުލުހުން މި އެކްސިޑެންޓްގެ މައުލޫމާތު ކޭއާރުއެޗްއަށް ދީފައިވާކަމަށާއި އެކްސިޑެޓްގައި އަނިޔާވީ 3 މީހުން 7:00 ޖަހަންވާއިރަށް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށާފައިވާކަމަށެވެ.

ކޭއާރުއެޗުން ބުނީ އަނިޔާވެފައިވަނީ 36 އަހަރުގެ އަންހެނަކަށާއި 35 އަހަރުގެ އަންހެނެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައިނުވާކަމަށާއި 3 މީހުންވެސް ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355