twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޕަބްލިކް ލައިބްރަރީ ހަދަން ގިބްސް ލޮޖިސްޓިކްސްއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Dec 18, 2023
4

ކުޅުދުއްފުށީގައި އެންމެ ފަހުން ހެދި ލޯކަލް މާރުކޭޓް ހިންގި އިމާރާތުގައި ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުމަށް ސިޓީ ކައުންސިލުން ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފި އެވެ.

ކައުންސިލުން މިއަދު ބުނީ ގިބްސް ލޮޖިސްޓިކްސް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1,888,380 (އެއް މިލިއަން އަށް ލައްކަ އައްޑިހަ އައްހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާއަށް، 129 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ.

މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭ މައިގަނޑު މަސައްކަތްތައް:

  • ލައިބްރަރީ ތަރައްޤީކުރާ ސަރަހައްދުގައި ސީލިން ކުރުމާއި އޭސީ ހަރުކުރުން
  • ލައިބްރަރީ ތަރައްޤީކުރާ ސަރަހައްދުގެ ތަޅުން އުސްކޮށް، އަލުން ތަޅުން އެޅުން
  • ވިނައިލް އެޅުން
  • ލައިޓިން އަދި ކަރަންޓް ނެޓްވޯރކް އެޅުން
  • ލައިބްރަރީގެ ފޮތްހަރުތަކާައި އިންޓީރިއާ މަސައްކަތްތައް
  • ލައިބްރަރީ އަދި މީޓިން ރޫމްތަކަށް ބޭނުންވާ ފަރުނީޗަރ ހޯދުން
  • ލައިބްރަރީ އަށް ބޭނުންވާ ކޮމްޕިއުޓާރ ސިސްޓަމް ހޯދުން
  • 3 މިނީ މީޓީންގ/ސްޓަޑީ ރޫމް ތަރައްޤީ ކުރުން
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޑިޖިޓަލް ކިއޮސްކް ގާއިމް ކުރުން
  • އިމާރާތުގެ ދޮރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
  • އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުން
  • ތަނުގެ ނަންބޯޑާއި އެކްސެސް ރޭމްޕް ހެދުން
  • އިމާރާތުގެ ފުރާޅުފެން ހިންދުމަށް ޑްރެއިން ޕިޓް ހެދުން

ސިޓީ ކައުންސިލުން މިދިޔަ އޮކްޓޯބަރު މަހު 18 ވަނަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި މާރުކޭޓް ހިންގި އިމާރާތުގެ ބައެއްގައި ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވަނީ އެތަނުގެ އަނެއް ފަޅީގައި މިއުޒިއަމެއް ތަރައްގީކުރުމަށެވެ. އެކަމަކު މިއުޒިއަމް ގާއިމުކުރުމަށް ނިންމާފައިވަނީ ދެވަނަ ފިޔަވަހީގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުމަކީ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނާފައިވާ ކަމެއް ކަމަށާއި މާރުކޭޓް ހިންގި އިމާރާތުގައި ލައިބްރަރީ ގާއިމުކުރަނީ ހަރަދުކުޑަކުރުމަށާއި އެ ހިދުމަތް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ބަހުސްގައި ވާހަކަ ދެއްކި 3 މެމްބަރުންވެސް ފާހަގަކުރެއްވީ، ރަށެއް ތަރައްގީވާއިރު ޕަބްލިކް ލައިބްރަރީއެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މި ލައިބްރަރީ ގާއިމުކޮށް ނިމޭއިރު ކުދި ބައްދަވުންތަކާއި ގުރޫޕް ސްޓަޑީސް ހެދޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355