twitterviber whatsapp telegramfacebookyoutube instagram
12th May 2026

ސިލްސިލާ ވައްކަންތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Dec 19, 2023
5

މި ޑިސެންބަރުމަހުން ފެށިގެން ކުޅުދުއްފުށީގައި ހިންގަމުންދާ ސިލްސިލާ ވައްކަންތަކާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ކުޅުދުއްފުށީ ސިޓީ ޕޮލިސް އެކްޓިންގ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން އަހުމަދު ވިދާޅުވީ، ކުޅުދުއްފުށީގައި ހިންގަމުންދާ ސިލްސިލާ ވައްކަންތަކާ ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ 31 އަހަރުގެ ދެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ވައްކަމުގެ ރިކޯޑް އޮންނަ މީހުންނެވެ. ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި 34 އަހަރުގެ މީހާ ބަންދުކުރަން ކޯޓަށް ގެންދިޔުމުން އެކަށީގެންވާ ހެކި ނެތިގެން ޝަރުތުކޮށް ދޫކޮށްލީ އެވެ. އެކަމަކު ޝަރުތާ ހިލާފުވެގެން ހައްޔަރުކުރުމުން ކޯޓުން 10 ދުވަހަށް ބަންދުކުރިކަމަށް ހަސަން ވިދާޅުވި އެވެ.

31 އަހަރު މީހާ ހައްޔަރުކުރީ ދަންވަރު ވަގުތުގައި ފިހާރައެއް ފަޅާލަން އުޅޭކަމުގެ ތުހުމަތުގައި އެވެ. އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖެހި އެވެ. 31 އަހަރުގެ ދެވަނަ މީހާ ހައްޔަރުކުރީ ގޭބިސީއަކުން ގިނަ އަދަދެއްގެ ކަރަންޓް ސާމާނު ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.

ހަސަން ވިދާޅުވީ، ވަގަށް ނެގި ކަރަންޓް ސާމާނު ފުލުހުން ހޯދާފައިވާ ކަމަށާއި އޭނާގެ ބަންދުކުރުމަށް ކޯޓުން 15 ދުވަސް ޖެހި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355