twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެމްޑީޕީ ދޫކޮށް 13 މެމްބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި

Dec 29, 2023

އިދިކޮޅުގައި އޮތް އެމްޑީޕީ ދޫކުރައްވައި، 13 މަޖިލިސް މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް ރޭ ސޮއިކުރައްވައިފި އެވެ. މި މެމްބަރުން ޕާޓީއާ ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒާއެވެ.

13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު ޕީއެންސީގެ ޕީޖީ ގްރޫޕު މިވަނީ އިތުރަށް ވަރުގަދަވެފައެވެ. އަދި ޕީއެންސީވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ. ޕީޕީއެމްގެ ތިން މެމްބަރުން އެބަ ތިއްބެވިއެވެ.

ސޮއިކުރެއްވި މެމްބަރުން:

  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު
  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
  • އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  • ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  • ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ
  • މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  • މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  • ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)
  • މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
  • ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު
  • ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  • ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒް

އެމްޑީޕީގެ މަޖިލިސް މެންބަރުން މިރޭ ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅުނުއިރު އެ މެމްބަރުން ގަތުމަށް ސަރުކާރުން ރިޝްވަތު ހުށަހަޅަމުން އަންނަ ކަމަށް ބުނެ ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

އަދި އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 41 އަށް މަދުވެފައެވެ.

މި މެމްބަރުން ޕާޓީއާ ގުޅިވަަޑައިގަތުމާއެކު، ރައީސް ޑރ. މުއިއްޒު ވަނީ އެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު މެމްބަރުން ޕާޓީއާ ގުޅޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355