twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކަނބޯރަނި ސަރަހައްދުގައި ކެފޭއަކާއި ޓަކް ޝޮޕެއް ހަދަން ބިން ދޫކުރަނީ

އަބްދުލް ވާހިދު ޙަސަން
Jan 5, 2024
2

ކުޅުދުއްފުށީ ކަނބޯރަނި ހިޔާ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ޓަކް ޝޮޕެއް ހަދަން ބިން ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ ހުށަހަޅުއްވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އެ ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅޭ ދުވަސްތަކެއްވެފައިވާއިރު ދުވަހުން ދުވަހަށް ގަންނަ ޖެހޭ ތަކެތި ގަނެވޭނެ ގޮތެއް އެ ސަރަހައްދުގައި ނެތް ކަމަށެވެ.

އެހެންވުމުން އެފަދަ ތަކެތި ކައިރިން ލިބެން ހުރުން މުހިންމުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އޭގެ އިތުރުން ޑްރައިވިންގ ޓްރެކާއި ސްކޭޓް ފާރކެއްވެސް އެ ސަރަހައްދުގައި ގާއިމުރަމުންދާތީ އެތަންތަން ނިންމުމުން ރެސްޓޯރަންޓަކާއި ފިހާރައެއްގެ މުހިންމުކަން އެ ސަރަހައްދަށް އިތުރުވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

މި އެޖެންޑާއަށް ވާހަކަދެއްކެވީ ދެ މެމްބަރުން އެއީ އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ރިލްވާން މުހައްމަދެވެ. ރޯޒޭ ހުށައެޅުއްވީ ރެސްޓޯރެންޓް ހެދުމަށާއި ފިހާރަ ހެދުމަށް ބޭނުންވާ ބިން އެންމެ ކުޑަވެގެން 15 އަހަރަށް ކުއްޔަށް ދިނުމަށާއި އަކަފޫޓަކަށް 2 ރުފިޔާގެ މަގުން ބީލަމަށް ހުޅުވާލުމަށެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި 8 މަސް ހިމެނުމަށެވެ.

ރޯޒޭގެ ހުށައެޅުމަށް ތާއިދުކުރައްވާ ވާހަކަދައްކަވަމުން ރިލްވާން ވިދާޅުވީ، ވިޔަފާރިއެއް ފެށުމަށް 15 އަހަރަކީ ހަމަ އެންމެ ރަނގަޅު މުއްދަތެއް ކަމަށާ، ސިޓީ ކައުންސިލް ހަވާލުވި ފަހުން އިތުރު އާ ވިޔަފާރިތަކެއް އުފެއްދިފައިވާތީ އެކަމަށް އުފާކުރައްވާކަމަށް ރިލްވާން ވިދާޅުވި އެވެ.

އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355