twitterviber whatsapp telegramfacebookyoutube instagram
28th April 2024

މިދިޔަ އަހަރު ކުޅުދުއްފުށީ ކޯޓުގައި 110 ކައިވެނި، 90 އަށް ވުރެ ގިނަ ވަރި

އަބްދުލް ވާހިދު ޙަސަން
Jan 5, 2024

މިދިޔަ އަހަރު ކުޅުދުއްފުށީގައި ކޯޓުގައި 110 ކައިވެނިކުރިއިރު، އޭގެ ތިން ބައި ކުޅަ ދެ ބަޔަށް ވުރެ ގިނަ އަދަދަކަށް ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކުޅުދުއްފުށީ ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުގައި 110 ކައިވެނި ކުރިއިރު 93 ވަރި ކޮށްފައިވެ އެވެ. އަދި އެއް ކައިވެނި ބާތިލްކޮށްފައިވެ އެވެ.

އެ ކޯޓަށް މިދިޔަ އަހަރު ހުށަހެޅުނު ބައެއް މައްސަލަތަކަށް ބަލާއިރު 196 އާއިލީ މައްސަލަ އާއި 130 މަދަނީ މައްސަލަ އަދި 26 ޖިނާއީ މައްސަލަ ހުށަހެޅުނެވެ. މިދިޔަ އަހަރު އެ ކޯޓުން ޖުމްލަ 365 މައްސަލައެއް ބަލާ ނިންމާފައިވެ އެވެ.

އެއީ 193 އާއިލީ މައްސަލަ އާއި 127 މަދަނީ މައްސަލައިގެ އިތުރުން 45 ޖިނާއީ މައްސަލައެކެވެ. މިދިޔަ 2023 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމި ބާކީ ހުރީ 149 މައްސަލައެކެވެ. އޭގެ ތެރޭގައި 21 އާއިލީ މައްސަލަ އާއި 77 މަދަނީ މައްސަލައިގެ އިތުރުން 51 ޖިނާއީ މައްސަލަ ހިމެނެ އެވެ.

މިދިޔަ އަހަރަކީ އެ ކޯޓުގައި ގިނަ މައްސަލަތަކެއް ބެލި ނިންމި އަހަރެއްކަން ފާހަގަކޮށްލެވެ އެވެ. ތަފާތު އެކި ޖިނާއީ މައްސަލަތަކާ ގުޅިގެން 231 އަމުރު ނެރުނެވެ. 71 މީހަކު ހައްޔަރުކުރުމުގެ އަމުރާއި ބަލާފާސްކުރަން 56 އަމުރެއް ނެރުނުއިރު ޖިންސީ ގުނަވަން ބަލާ ފާސްކުރުމަށް 7 އަމުރެއް ނެރުނެވެ. އަދި ބަންދުކުރުމާއި ބަންދުން ދޫކުރަން 71 އަމުރެއް ނެރުނުއުރު އެހެނިހެން މައްސަލަތަކުގައި 26 އަމުރުނެރުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355