twitterviber whatsapp telegramfacebookyoutube instagram
1st May 2024

ދިއްދޫގެ ރައްޔިތުންނަށް ރައީސް ދެއްވީ ފެންވަރު ރަނގަޅު ހޮސްޕިޓަލަކާއި އެއާޕޯޓެއްގެ ޔަގީންކަން

ނަބީލާ އިސްމާޢީލް
Feb 25, 2024

ގިނަ ހިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތަކާއި ރައްޔިތުން އެދުނު ފަދައިން ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ދިއްދޫ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހއ. ދިއްދޫގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި މި ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައި ވިދާޅުވިއެވެ.

އަދި މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި މިހާރު ހުރި ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައްތައް މި ރަށުގެ ތަރައްގީއަށް ޓަކައި އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިއްދޫ އެއާޕޯޓުގެ މަސައްކަތް ވައުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާނީ ބިން ހިއްކުމުގެ އިތުރު މަޝްރޫއަކާ އެކުކަމަށެވެ.

ރައީސްވަނީ ކޮންމެ ދަތުރެއްގައި އެއާޕޯޓުގެ ވާހަކަ އެ މަނިކުފާނު ދައްކަވާތީ އެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާ ކަމަށެވެ. ނަމަވެސް ޖޯގްރަފީގެ ގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.

"މި ރާއްޖޭގެ ޖޯގްރަފިކަލް ޑިސްޓްރިބިއުޝަން، ރަށްރަށުގެ މީހުން ދިރިއުޅޭ ޑިސްޓްރިބިއުޝަން އޮތް ގޮތުން ރާއްޖެ ތަރައްގީކުރާއިރު ކޮންމެހެން ވެސް ކުރީގައި އޮތް ގޮތަކަށް ނޫން ރައްޔިތުން ބޭނުންވަނީ މިހާރު. ކޮންމެހެން ވެސް ބޭނުންވާ ކަމެއް އެއާޕޯޓު އެޅުމަކީ،" ރައީސް ވިދާޅުވިއެވެ.

އެރަށުގެ މުސްތަގުބަލަށް ގެދޮރުވެރިކަން ކުރިއަށްގެންދާނެކަމަށާއި އަދި އެ މަޝްރޫއަކީ އެންމެ އިސްކަންދޭނެ އެއް މަޝްރޫއަށްވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާކަމަކަށް އިސްކަންދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355