ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާދަމާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޑރ މުއިއްޒު މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރުގެ ވަގުތެއްގަ ކަމަށެވެ. އެމަނިކުފާނު ވަޑައިގަންނަވާނީ އުތުރު ބަނދަރަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 21:00 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.
މިއީ ވެރިކަމަށް ވަޑައިގެންނެވިފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.