twitterviber whatsapp telegramfacebookyoutube instagram
28th April 2024

މިދިޔަ އަހަރު ސިޓީ ކައުންސިލުން އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބިއްޖެ

އަބްދުލް ވާހިދު ޙަސަން
Feb 28, 2024

މިދިޔަ 2023 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންދާޒާކުރި މިންވަރަށް އާމްދަނީ ލިބިފައިވާކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ.

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް އެންމެފަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ސިޓީ ކައުންސިލްގެ އާމުދަނީ އިތުރުކުރުމަށް މިދިޔަ ދެ އަހަރު ވަރަށް ބުރަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ އާމުދަނީ 73 އިންސަތައަށް މަތިކުރެވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސިޓީ ކައުންސިލްގެ އާމުދަނީގެ ގޮތުގައި 10.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2022 ވަނަ އަހަރު އާމުދަނީގެ ގޮތުގައި އެ ކައުންސިލަށް 5.97 މިލިއަން ރުފިޔާ އެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އާމުދަނީގެ 90 އިންސަތަ ހިއްސާކުރަނީ އެކިއެކި ފީ ތަކާއި އިމާރާތްތަކުގެ ކުލި އަދި ހަރު މުދަލުގެ މައްޗަށް ކަމަށާއި އާމުދަނީ އިތުރުކުރެވިފައިވަނީ ބިމު ކުލިން ކަމަށެވެ.

މުވާސަލަތީ ހިދުމަތް ދޭ ތަންތަނުންނާއި ސަރުކާރުގެ ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި އިންތިހާއަށް ކުޑަވުމުގެ ޝަކުވާއަކީ ރައްޔިތުން އަބަދުވެސް ކުރަމުންދާ ޝަކުވާކަން ފާހަގަކުރައްވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އެ ކުންފުނިތަކާއެކު ވޭތުވެދިޔަ ދެ އަހަރު ކުރެވުނު ބުރަ މަސައްކަތުން އެފަދަ ބިންތަކުން އެކަށީގެންވާ އަގެއް ނަގަން ފެށިފައިވާ ކަމަށެވެ.

"މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ދޫކުރެވިފައިވާ ބިންތަކުން އެކަށިގެންވާ އަގެއް ނެގެން ފެށިފަ. އެގޮތުން ފާހަގަކޮށްލަން. މުވާސަލާތީ ހިދުމަތްދޭ ތަންތަނުން އަޅުގަނޑުމެންނަށް ކުރިން ލިބެނީ މަހެއްގެ މައްޗަށް 9000 ރުފިޔާ. ނަމަވެސް މިހާރު މުވާސަލާތީ ހިދުމަތްދޭ ތަންތަނުން މަހެއްގެ މައްޗަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބޭ." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355