twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަނިމާދުއާއި ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތައް ފަށަނީ

ނަބީލާ އިސްމާޢީލް
Mar 7, 2024

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑުރަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.

މީގެކުރިންވެސް ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމްއަށް ދަތުރުތައް ކުރިއެވެ. ނަމަވެސް އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ހާމަކުރެއްވި ގޮތުގައި މިދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 12ވަނަ ދުވަހުން ފެށިގެނެވެ.

އެ ދަތުރުތައް ފެށުމުގެ ބޭނުމަކީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ރާއްޖޭގެ އުތުރުން ސީދާ ބޭރު ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ދަތުރުތައް އަލުން ފެށުމަށް ނިންމުމާއެކު ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އައިލެންޑު އޭވިއޭޝަނުން ބުނީ، ވެބްސައިޓާއި، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތަކުން ޓިކެޓު ބުކް ކުރެވޭނެކަމަށެވެ.

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށްވަނީ ނިންމާފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާ ބޯޓަކުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355