twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ނަބީލާ އިސްމާޢީލް
Mar 13, 2024

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައިވެސް އޮންލައިން ކޮށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެންވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތް

  • ދިރާގް އެޕް / ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
  • އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
  • ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް
  • މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް، އެޕްލިކޭޝަން އަދި ފައިސާ ނެޓް
  • ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް
  • ބަނޑޭރި ޕޭ

އެގޮތުން ކުޅުދުއްފުށީގައި ޒަކާތް ބަލައިގަންނަމުން ދާނީ އާދައިގެ ހަނޑޫން، ފުއް ނަމަ މީހަކަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫނަމަ މީހަކަށް 70 ރުފިޔާ، ބާސްމަތީ ހަނޑޫނަމަ މީހަކަށް 70 ރުފިޔާ، އަދި ރަތް ހަނޑޫނަމަ މީހަކަށް 80 ރުފިޔާގެ ރޭޓުންނެވެ. އަދި އާޓް ފުށުންނަމަ މީހަކަށް ދައްކަންޖެހެނީ 75 ރުފިޔާ އެވެ.

ކުޅުދުއްފުށީގައި ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ 2 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 12:00 އަށް "އެންއޯސީ (ހަތަރުބުރި އިމާރާތް) ގުރައުންޑް ފުލޯ ހޯލް"ގަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355