twitterviber whatsapp telegramfacebookyoutube instagram
29th October 2025

ކުޅުދުއްފުށި: ސަރުކާރުން ހަދިޔާކުރި ފުށާއި ހަނޑޫ ދޫކުރަން މާދަމާ ފަށަނީ

ނަބީލާ އިސްމާޢީލް
Mar 17, 2024
4

ސަރުކާރުން މިއަހަރުގެ ރޯދަމަހު ގޭބިސީތަކަށް ދިނުމަށް ނިންމި ހަނޑުލާއި ފުށް މާދަމާ ދޫކުރަން ފަށާނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ، ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ 10 ކިލޯ ހަނޑޫ، އަދި 10 ކިލޯ ފުށް ދޫކުރުން އޮންނާނީ ފިޔަވާލި އިމާރާތް( ކުރީގެ ދަގަނޑުގެ) ކަމަށެވެ.

ތަކެތި ދޫކުރާނީ 18 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 - 11:00 އަދި ހޮނިހިރުދުވަހު 9:30 - 11:30 އަށް ކަމަށެވެ.

ހަނޑޫ އަދި ފުށް ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ރަސްމީކޮށް ރަށްވެހީންގެ ރަޖިސްޓަރީ (ރީނދޫ ކާޑު) ހައްދާފައިވާ ގެތަކަށް ކަމަށާއި ހަނޑޫ އަދި ފުށް ބަންދުކޮށްފައި ހުރީ 10 ކިލޯގެ ބަސްތާއިން ކަމަށްވާތީ، ތަކެއްޗާއި ހަވާލުވާ ދާން ޖެހޭނީ ތަކެތި އުފުލޭވަރުގެ ފަރާތެއް ކަމަށެވެ.

އަދި ތަކެއްޗާއި ހަވާލުވާ ފަރާތަކީ އެގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި ތަކެއްޗާއި ހަވާލުވާން ދާއިރު އައިޑީކާޑު ގެންދިޔުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

މި ރޯދަމަހު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކޮންމެ ގެއަކަށް ހިލޭ ހަނޑޫ އަދި ފުށް ބައްސަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ޖެނުއަރީމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355