twitterviber whatsapp telegramfacebookyoutube instagram
29th April 2026

ހަދިޔާކުރި ފުށާއި ހަނޑޫ އައިޑީކާޑަށް ލިބޭ ގޮތަށް ހަދައިފި

ނަބީލާ އިސްމާޢީލް
Mar 19, 2024

ސަރުކާރުން މިއަހަރުގެ ރޯދަމަހު ގޭބިސީތަކަށް ދިނުމަށް ނިންމި ހަނޑުލާއި ފުށް ހަވާލުކުރާ އުސޫލު ބަދަލުކޮށްފައިވާކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

އިއުލާނަށް ގެނެވުނު އިސްލާހާއެކު، ރަށްވެހިންގެ ރެޖިސްޓްރީގައި ނެތް ފަރާތްތަކަށްވެސް އައިޑީކާޑު ހިފައިގެން ދިއުމުން ތަކެއްޗާ ހަވާލުވެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ ކުރިން ކައުންސިލުން ބުނީ ހަނޑޫ އަދި ފުށް ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ރަސްމީކޮށް ރަށްވެހީންގެ ރަޖިސްޓަރީ (ރީނދޫ ކާޑު) ހައްދާފައިވާ ގެތަކަށް ކަމަށެވެ.

ނަމަވެސް މިހާރު ރަޖިސްޓްރީގައި ނެތް ނަމަވެސް އައިޑީކާޑު ހިފައިގެން ދިއުމުން ތަކެއްޗާ ހަވާލުވެވޭނެ އެވެ.

މީގެ އިތުރުން ކާޑު ދޫކުރާ ގަޑިތަކަށް ވެސްވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން ތަކެތި ދޫކުރާނީ 27 މާރޗުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 - 11:00، 21:00 - 22:30 އަދި ހޮނިހިރުދުވަހު 9:30 - 11:30، 21:00 - 22:30އަށް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ 10 ކިލޯ ހަނޑޫ، އަދި 10 ކިލޯ ފުށް ދޫކުރުން އޮންނާނީ ފިޔަވާލި އިމާރާތް( ކުރީގެ ދަގަނޑުގެ) ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355