twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުރިން ފަށާފައިހުރި މަޝްރޫއުތައް މި ސަރުކާރުން ނުހުއްޓާ: ރައީސް

Mar 23, 2024

ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ނުހުއްޓާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮންލައިން ނޫސް މިހާރު އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ކުރިއަކަށް ނުގެންދާ ކަމަށް އިދިކޮޅު މީހުން ބުނަމުންނިޔަ ނަމަވެސް އެ މަޝްރޫއުތައް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށާއި މަޝްރޫއުތައް ހުއްޓިފައިވަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކަށް ފައިސާ ނުދިނުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އިޤްތިސާދުގައި ހުރި މައްސަލަތައް ހައްލުކުރަމުންދާއިރު ގޮންޖެހުންތަކާއެކު ވެސް އެ ކުންފުނިތަކަށް ބިލްތައް ދައްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ކުންފުނިތަކަށް ފައިސާ ދައްކާ، އަލުން މަސައްކަތަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށާއި ވަރަށް ގިނަ ރަށްތަކުގައި މަޝްރޫއުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބުމަކީ އުންމީދެކެވެ. އަދި އެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުވަތަ ޕީޕީއެމް/ޕީއެންސީ އަށް ދީފި ނަމަ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ޔަގީންކަން ބޮޑުވާނެ ކަމަށެވެ.

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަނީ އިދިކޮޅު އެމްޑީޕީން ކަމަށް ވާއިރު، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޖިލިހުން "އެއްވެސް ސަޕޯޓެއް" ސަރުކާރަށް ނުލިބެ އެވެ. އޭގެ ސަބަބުން ވެސް ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355