twitterviber whatsapp telegramfacebookyoutube instagram
4th June 2025

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ނަބީލާ އިސްމާޢީލް
Mar 23, 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެެވެ.

ރައީސްގެ ދެކަނބަލުން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުން މިދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެއްވި ފުރަތަމަ ނުރަސްމީ ދަތުރުފުޅެވެ.

ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިފަހުން ރައީސް މުއިއްޒު ވަނީ ތުރުކީ، ޔޫއޭއީ އަދި ޗައިނާއަށް ރަސްމީ ދަތުރުފުޅުތަކެއްގައި ވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355