twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެ މީހުންނަށް ދިރި ނޫޅެވޭ ވަރަށް އަނދައިފި

ނަބީލާ އިސްމާޢީލް
Mar 26, 2024
2

ކުޅުދުއްފުށީ ގެޔެއްގައި އަލިފާން ރޯވެ މީހުންނަށް ދިރިނޫޅެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ. ހި ހާދިސާ ހިނގާފައިވަނީ މިއަދު 13:15 ހާއިރު ސިގްނަލްގޭގަ އެވެ.

އަލިފާންގެ ރޯވި ގޭގެ ބޮޑު ބައި ހަދާފައިވަނީ ޓިނުންނެވެ. ބަދިގެއާއެކު މުޅި ގެ ވަނީ އަނދައި ހުލިވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވިނަމަވެސް ދުމުގެ އަސަރުކޮށްގެން ފިރިހެނަކު ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފަ އެވެ.

ތިން ކުޑަކުދިންނާއެކު ޖުމްލަ 6 މީހުން ދިރިއުޅޭ މި ގޭގައި ކައްކާ ކެވޭކަށްވެސް ނެތެވެ. ގިނަ އަދަދެއްގެ މުދަލާއެކު މުޅި ގެ އެއްކޮށްހެންވަނީ އަނދަފަ ހުލިވެފަ އެވެ.

އަލިފާން ރޯވަން މެދުވެރި ސަބަބުން ސިފައިން އަދި ހާމަކޮށްފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355