twitterviber whatsapp telegramfacebookyoutube instagram
22nd March 2026

އަލިފާން ރޯވި ގޭގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 26, 2024
1

ކުޅުދުއްފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެ އަނދައި ހުލިވި ގޭގެ މީހުންނަށް ސިޓީ ކައުންސިލުން ވަގުތީ ހިޔާ ހަމަޖައްސައިދީފި އެވެ.

މިއަދު މެންދުރުފަހު 13:15 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވެ މީހުންނަށް ދިރިނޫޅެވޭ ވަރަށް އަނދައި ހުލިވީ ސިގްނަލްގެ އެވެ. އެގޭގެ ބޮޑު ބައި ހަދާފައިވަނީ ޓިނުންނެވެ. މި ހާދިސާގައި ބަދިގެ އާއި މީހުން ދިރިއުޅޭ ބައި ވަނީ އެއްކޮށްހެން އަނދައިފަ އެވެ.

ސިޓީ ކައުންސިލްގެ އެސްޖީ އަބްދުﷲ އާދަމް ކޭއޯއަށް ވިދާޅުވީ، އަލިފާން ރޯވެ ހާލުގައި ޖެހުނު އާއިލާއަށް ސިޓީ ކައުންސިލުން ބޯހިޔާވަހިކަމާއި ކެއުން ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އެ އާއިލާގައި 18 އަހަރުނުވާ ތިން ކުޑަކުދިންނާއި އަންހެނެއްގެ އިތުރުން ދެ ފިރިހެނުން ދިރިއުޅެ އެވެ. މި ހާދިސާގައި އެ މީހުން ހިފައި ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނުވެސް އަނދައިގެން ގޮސްފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކު އަނިޔާވެފައިނުވިނަމަވެސް ދުމުގެ އަސަރުކޮށްގެން ފިރިހެނަކަށް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ. ސިގްނަލްގޭގައި އަލިފާން ރޯވާން ދިމާވި ސަބަބު މިހާތަނަށް ސިފައިން ހާމަކޮށްފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355