twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަޅުގަނޑު އިންތިހާބުވެގެން ސަރުކާރަށްވާނެ ދައްޗެއް ނޯންނާނެ: އަލީ ވަހީދު

އަބްދުލް ވާހިދު ޙަސަން
Mar 27, 2024
1

އަޅުގަނޑު ރައްޔިތުން މަޖިލީހަށް އިންތިހާބުވެގެން ސަރުކާރަށް ވާނެ ދައްޗެއް ނޯންނާނެކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ، އައިމަނު މުހައްމަދާއި ފަތުހަތު މުހައްމަދު އެއްގަލަކަށް އަރުވައި، އެ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ އެއް ކެންޑިޑޭޓެއް ނެރުމަށް ބޭއްވި މަޝްވަރާގެ ތެރެއިން ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު، ސްޕެޝަލް އެޑްވައިޒަރ ޓް ދަ ޕްރެޒިންޑެންޓް އަބުދުއްރަހީމް އަބުދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވެފައިވަނީ ސަރުކާރަށް ނިސްބަތްވާ ދެ ކެންޑިޑޭޓް އެއްދާއިރާއަކަށް ވާދަކުރުމުން ވޯޓްތައް ބައިވެ، އިދިކޮޅު ކެންޑިޑޭޓަށް ފުރުސަތު ބޮޑުވާނެ ކަމަށާއި އެއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. ދެކުނު ދާއިރާއަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކީ އަލީ ވަހީދެވެ. އޭނާއަށް އިޝާރާތްކުރާ އަދުރޭ ވިދާޅުވީ އެމްޑީޕީއަށް ގޮނޑި ލިބުމަކީ ސަރުކާރަށް ފަސޭހަވާނެކަމެއް ނޫން ކަމަށެވެ.

ކޭއޯގައި އެ ހަބަރު ރިޕޯޓް ކުރުމުން އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އޭނާ އިންތިހާބުވެގެން ސަރުކާރަށް ވާނެ ދައްޗެއް ނޯންނާނެ ކަމަށާއި ނަމަވެސް ނަޔާ ކުޅުދުއްފުއްޓެއް ހޯދަން ކުޅުދުއްފުށީ ރައްޔިތުން ކުރާ އުންމީދުތަކަށް ސަރުކާރު އިޖާބަދޭވަރުކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355